logo
MPL

MPL

ޚަބަރު

ރައީސް، ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ޒިދާން މުޙައްމަދު
11 ފެބްރުއަރީ 2026 - 16:43
ރައީސް، ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ދުވަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން