logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ފެބްރުއަރީ 2026 - 17:45
ޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

އެމެރިކާގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ރައީސަކު ބައިނަލްއަގުވާމީ ފެންވަރެއްގައި ސިއްހީ ދާއިރާގެ މިފަދަ ޝަރަފުވެރި ލިސްޓަކުން ޖާގަ ހޯއްދެވި ފުރަތަމަ ފަހަރެވެ.

ޓައިމް މެގަޒިންއިން މިއަދު އާންމުކުރި މި އަހަރުގެ "ޓައިމް100 ހެލްތު" ލިސްޓުގައި ރައީސް މުއިއްޒުގެ ނަންފުޅު ހިމަނާފައިވަނީ، 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އެމަނިކުފާނު އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލިސްޓުގައި ރައީސްގެ ނަން ހިމެނުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދުންފަތާ ދެކޮޅަށް މި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށެވެ. އެގޮތުން 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ކުދިންނަށް ސިނގިރޭޓު ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމާއި، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން އެޅުއްވި ފިޔަވަޅުތައް ޓައިމްއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި "ސިޒޭޝަން ކްލިނިކް" ތައް ގާއިމްކުރުމަށް ކުރާ މަސައްކަތްވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން 24 ގަޑިއިރު ހިދުމަތްދޭ މެންޓަލް ހެލްތު ހެލްޕްލައިނެއް ގާއިމްކޮށްފައިވާކަން ޓައިމް މެގަޒިންއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފަދަ ބަލިތައް މަންމަގެ ގައިން ތުއްތު ދަރިފުޅަށް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާކަންވެސް އެ މަޖައްލާއިން ވަނީ ބަޔާންކޮށްފައެވެ.

ދުންފަތާ ދެކޮޅަށް ރައީސް މުއިއްޒު އަޅުއްވަމުންދާ ހިތްވަރުގަދަ ފިޔަވަޅުތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ހާއްސަ އެވޯޑެއް އަރުވާފައެވެ.

މި ބައިނަލްއަގުވާމީ ކުރިއެރުމަކީ ދިވެހި ސިއްހީ ދާއިރާއަށާއި މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒުޚަބަރު | 2 ގަޑިއިރު ކުރިންރައީސް، ޖަރުމަނު ވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ހަތަރުވަނަ ސެޝަން ބާއްވައިފިޚަބަރު | 10 ގަޑިއިރު ކުރިންފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުން: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން