logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުން: ރައީސް

މުޙައްމަދު އަފްރާޙް
11 ފެބްރުއަރީ 2026 - 08:50
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ސައިންސްގެ ރޮނގުން، މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ މެސެޖްގައި، ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައި ވިދާޅުވެފައިވެއެވެ. މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު މަތީ ތަޢުލީމާއި، ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނުތަކަށް އަދުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުން ޝައުޤުވެރިވެ، މިދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާތީ އެކަން ފާހަގަކުރައްވައި، އެކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ތައުރީފު ކުރައްވާފައިވެއެވެ.

ސައިންސްގެ ދާއިރާއިން އެންމެން ޝާމިލްވާ، ފާގަތި މުސްތަޤުބަލެއް ބިނާކުރުމުގެ ބިންގަލަކީ ފުރުޞަތުތައް ފަހިކޮށްދިނުންކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ، މި ދާއިރާގައި ހުރި ހުރަސްތައް ނައްތާލައި، ސައިންސްގެ ދާއިރާއިން ތައުލީމު އުނގެނުމާއި، ވަޞީލަތްތައް ފަހިކޮށްދެއްވައި އެކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަމުގެ މަޤްޞަދަކީ، ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްމެ، އެ ރޮނގުން ތަޢުލީމު އުނގެނި، ބާރުވެރިކުރުވައި، ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ޒުވާން އަންހެނުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ޤައުމުގެ އީޖާދީ، އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގައި އަންހެންކުދިންނަކީ އިސް ސަފުގައި ޙަރަކާތްތެރިވާ ބަޔަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި، ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމުގައި ހުރި ޒަމާންވީ އިޖުތިމާޢީ ހުރަސްތައް ގިރާކުރައްވައި ކާމިޔާބީ ހޯއްދަވާފައިވާ އަންހެން ބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާފައިވެއެވެ. ޚާއްޞަކޮށް ޞިއްޙީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމުގެ ޢިލްމީ ޚަޒާނާ މުއްސަނދިކޮށް، ޤައުމު ތަރައްޤީކުރުމުގައި އެ ކަނބަލުން އަދާކުރައްވާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އާ ހޯދުންތަކަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް، ކުރިމަތިވާ ނިޒާމީ ހުރަސްތައް ނައްތާލައި، ޤައުމުގެ މުސްތަޤުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު، އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަހަރު ވެސް އޮންނާނެޚަބަރު | ދުވަހެއް ކުރިންދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް މިހާރުވަގުތު ލިބޭނެޚަބަރު | 2 ދުވަސް ކުރިން