logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ބާސެލޯނާ މެޗުގައި މެސީއަށް އަނިޔާވެ، އިންޓަ މިއާމީގެ ޕްރީ-ސީޒަން ފަހު މެޗު ފަސްކޮށްފި

އަބްދުﷲ ޣާނިމް
12 ފެބްރުއަރީ 2026 - 05:25
ބާސެލޯނާ މެޗުގައި މެސީއަށް އަނިޔާވެ، އިންޓަ މިއާމީގެ ޕްރީ-ސީޒަން ފަހު މެޗު ފަސްކޮށްފި

އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީގެ ވާތު ފައިގެ ހަމްސްޓްރިންގަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބުދަ ދުވަހުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައި ނުވާކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ. މެސީއަށް ލިބުނު މި އަނިޔާގެ ސަބަބުން، އެމްއެލްއެސްގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން އިންޓަ މިއާމީން ޕްރީ-ސީޒަންގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗު މިހާރު ވަނީ ފަސްކޮށްފައެވެ.

އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ މެސީއަށް މި އަނިޔާ ކުރިމަތިވީ މިދިޔަ ހަފްތާ ބަންދުގައި އިކުއެޑޯގެ ބާސެލޯނާ ސްޕޯޓިންގް ކްލަބާ ދެކޮޅަށް ކުޅުނު ޕްރީ-ސީޒަން މެޗުގައެވެ. އެ މެޗުގައި މެސީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އަނިޔާގެ ސަބަބުން މެޗުގެ ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަ މިއާމީން ބުނި ގޮތުގައި، މެސީ ހެދި އިތުރު މެޑިކަލް ޓެސްޓުތަކުން އޭނާގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. "އޭނާ އަލުން ފަރިތަކުރުންތަކަށް އެނބުރި އަންނާނެ ދުވަހެއް އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި އަނިޔާއާ ގުޅިގެން، މި ހުކުރު ދުވަހު ޕުއެރްޓޯ ރިކޯގެ ހުއާން ރާމޮން ލޫބްރިއަލް ސްޓޭޑިއަމްގައި އިކުއެޑޯގެ އިންޑިޕެންޑިއެންޓޭ ޑެލް ވަލޭއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗު ވަނީ ފަސްކޮށްފައެވެ. މިހާރު މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށެވެ.

އިންޓަ މިއާމީން އާ ސީޒަނުގެ އެމްއެލްއެސް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެހެންކަމުން، ސީޒަން ފެށުމުގެ ކުރިން މެސީ ފިޓްވާނެތޯ ބެލުމަށް ސަޕޯޓަރުން ދަނީ އިންތިޒާރު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | 12 ދުވަސް ކުރިންމެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 16 ދުވަސް ކުރިންމެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 16 ދުވަސް ކުރިންމެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާ - ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީކުޅިވަރު | 22 ދުވަސް ކުރިން