logo
Bank of Maldives

Bank of Maldives

ޚަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފި

އައިޝަތު ނަޝާ
12 ފެބްރުއަރީ 2026 - 05:48
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.

ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންދަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ. ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

ކެންޑިޑޭޓުންގެ ގުރުއަތުލުން ފަށާފައިވާއިރު ގުރުއަތު ނަގަން ދާންވާނީ ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް ފޮނުވަންޖެހޭނެއެވެ. މި ސިޓީގައި ގުރުއަތުނަގަން ދާ މީހާގެ ނަމާއި، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއިންތިޚާބާއި ގުޅިގެން " ވޯޓަށް ތައްޔާރު" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީޚަބަރު | 14 ގަޑިއިރު ކުރިންކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާޚަބަރު | 20 ގަޑިއިރު ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިން