logo
Bank of Maldives

Bank of Maldives

ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ

ޒިދާން މުޙައްމަދު
11 ފެބްރުއަރީ 2026 - 11:15
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައި ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންއިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މާލެއާއި ސިޓީތައް އަދި އެހެނިހެން ރަށްތަކުގައިވެސް ކުރިއަށްދާނީ، މާދަމާ ހެނދުނު 10:00ގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެ ސިޓީގައި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ.

އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ކަމަށެވެ.

ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތު ނެގުމަށް ހާޒިރުވާ ނަމަ، ހާޒިރުވާން ވާނީ އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއަކާއެކުއެވެ. ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަން، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެއެވެ. އަދި ގުރުއަތު ނެގުމަށް ހާޒިރުވާއިރު އައި.ޑީ ކަރޑްގެ އަސްލު ގެންދަން ޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާޚަބަރު | ގަޑިއިރެއް ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިންކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންލޯކަލް އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީޚަބަރު | 2 ދުވަސް ކުރިން