logo
Bank of Maldives

Bank of Maldives

ޚަބަރު

އެއް ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު އޮޓޮޕްސީހެދުމަށް އިންޑިއާއަށް

އައިޝަތު ނަޝާ
12 ފެބްރުއަރީ 2026 - 08:14
އެއް ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު އޮޓޮޕްސީހެދުމަށް އިންޑިއާއަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, ނިޔާވި ދެ ގައިދީން މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައި އެޓޮޕްސީ ހެދުމަށް އެ ދެ ގައިދީންގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފިއެވެ.

ހުޅުމާލޭ ޖަލުގައި މަރުވެފައިވަނީ މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލާއި ދިއްގާގަސްދޮށުގެ / ސ.ހިތަދޫ، ޙަސަން ނިޔާޒު, 45އ. އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެ މީހުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، ހަސަން ނިޔާޒް އާއި އިބްރާހިމް ސުހެއިލްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މި މަހުގެ 11 ވަނަ ދުވަހު ވަނީ އިންޑިއާއަށް ގެންގޮސްފައި ކަމަށެވެ.

ޖަލުގައި ހުއްޓައި ހަސަން ނިޔާޒު ގެ ހާލުދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ނިޔާވެފައެވެ. އަދި އިބްރާހީމް ސުހައިލް ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީޚަބަރު | 26 މިނިޓު ކުރިންފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު އައްޑޫގައި ފަށައިފިޚަބަރު | 30 މިނިޓު ކުރިންއެއް ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު އޮޓޮޕްސީހެދުމަށް އިންޑިއާއަށްޚަބަރު | 3 ގަޑިއިރު ކުރިންވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ގެމަނަފުށީގައި ހިންގައިފިޚަބަރު | 18 ގަޑިއިރު ކުރިން