logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ޒިދާން މުޙައްމަދު
12 ފެބްރުއަރީ 2026 - 10:35
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކްރިމިނަލް ކޯޓް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ތ. ވިލުފުށި / މޫނިމާގެ، އާދަމް ޢާސިމް (52އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދަމް ޢާސިމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ފެބުރުވަރީ 16 ވަނަ ދުވަހުގެ ހެނދުނު 8:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާދަމް ޢާސިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެ ޚިދުމަތުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް އެ ޚިދުމަތުން ޝުކުރު އަދާކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު އައްޑޫގައި ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއެއް ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު އޮޓޮޕްސީހެދުމަށް އިންޑިއާއަށްޚަބަރު | 4 ގަޑިއިރު ކުރިންވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ގެމަނަފުށީގައި ހިންގައިފިޚަބަރު | 18 ގަޑިއިރު ކުރިން