logo
Bank of Maldives

Bank of Maldives

ރިޕޯޓް

އާޒިމްގެ ޗޮއިސް އަކީ ވެސް ޖަލީލު: އެއީ ބުންވަރުހުރި ނަމޫނާ ބަތަލެއް، ފިސާރީ ކެރޭ ސަހުސެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ފެބްރުއަރީ 2026 - 08:41
މޫސާ އަލީ ޖަލީލް
މޫސާ އަލީ ޖަލީލް

އާޒިމް, ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލާއި ގުޅޭގޮތުން ލިޔުއްވި ބަސްކޮޅު ފެއްޓެވީ ޖަލީލަކީ ނަމޫނާ ޤައުމީ ބަޠަލެއްކަމަށާއި، ޤައުމުގެ ހައްޤުގައި ހަނގުރާމަ ކުރި ދިވެހި އަސްކަރީއެންމެ އިސްމަޤާމު ފުރި ފިސާރީ ކެރޭ ސަހުސެއްކަމަށާއި، މަޠަނީ ވިންދުޖަހާ ކެތްތެރި ހިތްވަރުގަދަ މުޖާހިދެއްކަމަށް ވިދާޅުވަމުންނެވެ. ކެމްޕޭނެއްގެ މެދުތެރެއިން ކެނޑިޑޭޓަކާމެދު މިފަދަ ބަސްތަކެއް އަމުނާލެއްވުމަކީ އާޒިމްގެ ޗޮއިސްއަކީ ޖަލީލުކަން ކަށަވަރުވެގެންދާކަމެކެވެ.

އާޒިމްގެ ޖަލީލާމެދު މި ބަސްތައް ވިދާޅުވީ، ޖަލީލަށް 2024 ވަނަ އަހަރު އެރުވުނު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ.) ޝަރަފް އެރުވުނު ވަގުތުކޮޅު ނަގާފައިވާ ޖަލީލުގެ ފޮޓޯއަކަށް އިޝާރާތް ކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝައްކެތްވެސް ނެތެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި މަސައްކަތްކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމީ ފަޚުރެކެވެ. މިގޮތުން، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ މިއަދުވެސް މި ޤައުމަށް ބޭނުންވާ ބަތަލެއްކަމާމެދު ސުވާލެއްނެތެވެ. މި ބަތަލު އަނބުރާ ގައުމުގެ ޚިދުމަތަށް ގެނެސް މާލެ ސިޓީއާއި ޤައުމަށް އާރޯކަން ހޯދައިދިނުމުގެ ފުރުސަތު މިފަހަރު އޮތީ މާލެ ސިޓީ ރައްޔިތުންގެ އަތްމަތީގައެވެ.

މާލެ ސިޓީގެ މޭޔަރުގެ ރޭހުން ޖަލީލު ހުނިޖައްސަވައި، އާޒިމް ދެއްކެވި ވާހަކަފުޅުތަކުގައި ޖަލީލު ސިފަކުރައްވާފައިވަނީ އަސްކަރީ ތަމްރީނުން ޖަރީވެފައިވާ، ބުންވަރު ހުރި ނަމޫނާ ޤައުމީ ބަޠަލެއްގެ ގޮތުގައެވެ.

އާޒިމް ޖަލީލު ސިފަކުރަށްވާފައިވާ ގޮތަށް އިތުރަށް ބަލައިލާއިރު،

ޤައުމީ ބަޠަލެއްގެ ސިފަތަކާއި އަސްކަރީ ޝަރަފު

އާޒިމްގެ ބަސްތައް އަމުނާލެއްވީ 2024 ވަނަ އަހަރު މޫސާ ޢަލީ ޖަލީލަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް 'ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް' ލިބިވަޑައިގަތް ތާރީޚީ ވަގުތަށް އިޝާރާތް ކުރައްވަމުންނެވެ. އެ ފޮޓޯއިން ފެންނަނީ ހަމައެކަނި ދެ ތަރީގެ ޖެނެރަލެއް ނޫނެވެ. އެއީ ޤައުމުގެ ހައްޤުގައި ހަނގުރާމަކޮށް، އަސްކަރިއްޔާގެ އެންމެ އިސް މަޤާމުތައް ފުރުއްވި، ފިސާރީ ކެރޭ ސަހުސިއްޔަތެކެވެ. އޭނާގެ މޭމަތީގައިވާ މެޑަލިތަކަކީ ހަމައެކަނި ޒީނަތްތެރިކަމެއް ނޫނެވެ. އެއީ ހިތުގެ ވިންދާ އެއްވަރަށް ގުގުމާ، ޤައުމަށްޓަކައި ވެފައިވާ ގުރުބާނީގެ ރަމްޒުތަކެވެ.

Screenshot 2026-02-13 020052.png

މޫސާ އަލީ ޖަލީލު، އެމަނިކުފާނު ސިފަކުރެއްވުމަށް އާޒިމް އިޝާރާތްކުރެއްވީ މި ފޮޓޯއަށް،

 

ކަރުނައިގެ މާނަ: ޝަހީދުންގެ ޒިކުރާ

އެ ތާރީޚީ ފޮޓޯއިން މޫސާ ޢަލީ ޖަލީލުގެ ލޮލުން ފެންކަޅިވެފައިވާ މަންޒަރު ފެނުމުން، އެއީ ވަރަށް ގިނަ ވާހަކަތަކެއް ބުނެދޭ ކަމެއްކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އެ ކަރުނަތަކަކީ މި ޤައުމުގެ މިނިވަންކަމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވި އެކުގައި މަސައްކަތްކުރި ޝަހީދުވި އެކުވެރިންގެ ހަނދާންތަކެވެ. އަސްކަރީ ހަޔާތުގައި ކުރިމަތިލާންޖެހޭ ބުރަކަމާއި، ނުރައްކާތެރި ހާލަތްތަކުގައި ދައްކަންޖެހޭ ހިތްވަރު އާންމު ރައްޔިތަކަށް އިހުސާސް ނުކުރެވިދާނެ ނަމަވެސް، އެއީ ޤައުމީ ލޯތްބާއި ވަފާތެރިކަމުގެ އިންތިހާއެވެ.

އަސްކަރީ އަހުލާޤާއި މަދަނީ ޚިދުމަތް

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަކީ ޤައުމީ ޚިދުމަތުން ވަކިވުމެއް ނޫންކަން ޖަލީލުގެ ހަޔާތުން ސާބިތުވެއެވެ. އާޒިމް ފާހަގަކުރެއްވި ގޮތުގައި، އަސްކަރީ ތަމްރީނުން ދަސްކޮށްދެނީ ނަތީޖާ ނެރުމާއި، ކެރިގެން ކުރިމަތިލުމާއި، މައްސަލަތައް ހައްލުކުރުމެވެ. މިއަދު މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ފަރާތުން ވާދަކުރައްވާއިރު، އެ ފެންނަނީ އެ އަސްކަރީ އަހުލާޤާއި ސާބިތުކަމެވެ. ރިޓަޔަރވުމަށްފަހު ހޮޅުއަށިތަކުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ޤައުމަށް ޚިދުމަތްކުރުމުގެ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފުމަކީ އަސްކަރީ ތަމްރީނުގެ ބިންގަލެވެ.

ޖަލީލަލީ މާލޭ މޭޔަރުކަމަށް އެންމެ ބެސްޓް ޗޮއިސް

މޫސާ ޢަލީ ޖަލީލަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާގެ ދިރިއުޅުމަކީ އާދައިގެ ދިރިއުޅުމެއް ނަމަވެސް، އޭނާގެ ޚިދުމަތަކީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މަތިވެރި ޚިދުމަތެކެވެ. އާޒިމްގެ ބަސްތަކުން ހާމަވެގެންދަނީ، ޖަލީލަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ، އަދިވެސް ޤައުމަށް ޚިދުމަތްކުރުމުގެ ފިސާރީ ކެރުން ހުރި ނަމޫނާ ސަހުސިއްޔަތެއް ކަމެވެ. އަދި މާލޭގެ ސިޓީގެ މޭޔަރުކަމަށް އެންމެ އެކަށޭނަ ކެންޑިޑޭޓަކީ ޖަލީލުކަން އާޒިމްގެ މި ބަސްތަކުން ކަށަވަރުކޮށްދެއެވެ.

މޭޖަރ (ރިޓަޔަރޑް) އިބްރާހީމް އާޒިމް ފަދަ ދިވެހި އަސްކަރިއްޔާގައާއި ދައުލަތުގެ އިސް މަޤާމުތަކުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިންގެ މެދުގައި މަޤްބޫލު ބޭފުޅަކު ޖަލީލާ މެދު ވިދާޅުވި މި ބަސްކޮޅާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ.

އަސްކަރީ ޚިދުމަތްދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގައި އާޒިމް ވަނީ ގިނަ އަހަރުތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް ނުވަތަ ތަރުޖަމާނުގެ ހައިސިއްޔަތުން އޭނާ އަދާކުރެއްވި ދައުރަކީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. ޤައުމީ ބޮޑެތި ހާދިސާތަކާއި، ސަލާމަތީ ކަންކަމާއި، ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އޭނާ އަކީ އަސްކަރިއްޔާގެ "މޫނެވެ". މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅުއްވި ހުޅުވާލެވިފައިވާ ސިޔާސަތާއި، ސާފުކޮށް މުޢާމަލާތް ކުރެއްވުމުގެ ހުނަރުގެ ސަބަބުން، ނޫސްވެރިންގެ މެދުގައި އޭނާއަކީ އިތުބާރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މަދަނީ ޚިދުމަތާއި ސިޔާސީ ދާއިރާއަސްކަރިއްޔާއިން މޭޖަރެއްގެ ރޭންކުގައި ރިޓަޔަރ ކުރެއްވުމަށްފަހު، އޭނާ ވަނީ ދައުލަތް ހިންގުމުގެ ދާއިރާއަށް ވިދާޅުވެ، މުހިންމު މަސްއޫލިއްޔަތުތަކެއް އުފުއްލަވަން ފަށްޓަވާފައެވެ. އޭނާ ވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި، އަވައްޓެރި ޤައުމެއްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީގެ މަޤާމު ފަދަ ޑިޕްލޮމެޓިކް މަޤާމުތައް ފުރުއްވާފައެވެ. މޭޖަރ (ރިޓަޔަރޑް) އިބްރާހީމް އާޒިމަކީ، އަސްކަރީ ތަރުބިއްޔަތާއި އަޚްލާޤުގެ ބޭނުން ހިފައިގެން، މަދަނީ ވެރިކަމާއި ޑިޕްލޮމެސީގެ ދާއިރާގައި ކާމިޔާބުކަމާއެކު ޚިދުމަތް ކުރެއްވުމުގެ ނަމޫނާއެކެވެ. މިފަދަ ބޭފުޅެއްގެ ޗޮއިސް އަކީ ޖަލީލުކަން ކަށަވަރުވާއިރު، ތިޔަ ރައްޔިތުންވެސް އެނޫން ޗޮއިސް ނުނެންގެވުމަކީ އެންމެ ބުއްދިވެރިގޮތް ނޫންތޯއެވެ؟

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޒިމްގެ ޗޮއިސް އަކީ ވެސް ޖަލީލު: އެއީ ބުންވަރުހުރި ނަމޫނާ ބަތަލެއް، ފިސާރީ ކެރޭ ސަހުސެއްރިޕޯޓް | 2 ގަޑިއިރު ކުރިންއެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހްޚަބަރު | 5 ދުވަސް ކުރިންޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 6 ދުވަސް ކުރިން