logo
MPL

MPL

ޚަބަރު

ރަމަޟާން މަހު އެމްއެމްއޭ ހުޅުވާނެ ގަޑިތައް އާންމުކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
15 ފެބްރުއަރީ 2026 - 07:51
ރަމަޟާން މަހު އެމްއެމްއޭ ހުޅުވާނެ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި، އެ މަހާ ވިދިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނާނެ ގަޑިތައް އެ އޮތޯރިޓީން މިއަދު އިއުލާންކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، ރަމަޟާން މަހާއި ހަ ރޯދައިގެ ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށާއި، މިއީ ރަމަޟާން މަހުގެ މަސައްކަތު ގަޑިތަކަށް ސަރުކާރުން ގެންނަވާ ބަދަލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އާންމުންނަށް ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ހިދުމަތްވެސް ކުރިއަށްދާނީ ހަމަ އެ ގަޑީގައި ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.ރަމަޟާން މަހަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބަދަލުތަކެއް އަންނަ މަހަކަށް ވާއިރު، މަރުކަޒީ ބޭންކުގެ ހިދުމަތްތައް މެދުނުކެނޑި އާންމުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެމްއެމްއޭއިން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްއޭގެ ގަވަރުނަރު އިންޑިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ބައްދަލުކުރައްވައިފިޚަބަރު | 4 ދުވަސް ކުރިންޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑެއްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފިޚަބަރު | މަހެއް ކުރިންޒަމާނީ ވަސީލަތަތްތަކާ އެކު، މަރުކަޒީ ބޭންކްގެ އާ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅަނީޚަބަރު | މަހެއް ކުރިންޑޮލަރު ފިޔަވަޅުތައް: ދިރާސާތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މުޅި އިގްތިސާދަށް ދުޅަހެޔޮކަން ލިބޭނެ ސިޔާސަތުތަކެއްރިޕޯޓް | 2 މަސް ކުރިން