logo
Bank of Maldives

Bank of Maldives

ޚަބަރު

ދެއްވަދުއަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ފެބްރުއަރީ 2026 - 05:34
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ) އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު ތުހުމަތަކާ ގުޅިގެން ދެއްވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެޚަބަރު | 27 މިނިޓު ކުރިންތިނަދޫން ދެއްވަދުއަށް ޑްރަގް އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 2 ގަޑިއިރު ކުރިންމުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފިޚަބަރު | ދުވަހެއް ކުރިން