logo
Bank of Maldives

Bank of Maldives

ޚަބަރު

ހަލާކުވާ ޒާތުގެ ތަކެތި ކްލިއަރކުރަން އެމްޕީއެލްއިންއިން ޝެޑެއް ހަދައިފި

ޒިދާން މުޙައްމަދު
16 ފެބްރުއަރީ 2026 - 16:27
ހަލާކުވާ ޒާތުގެ ތަކެތި ކްލިއަރކުރަން އެމްޕީއެލްއިންއިން ޝެޑެއް ހަދައިފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން 3،000 އަކަފޫޓުގެ ޝެޑެއް ބިނާކޮށްފިއެވެ.

އެމްޕީއެލުން ބުނީ، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މިޝެޑަކީ ރަމަޟާން މަހު އާންމުކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް އެ ތަކެތި އަވަހަށް ބޭލުމާއި ކްލިއަރެންސް މަރުހަލާ އަވަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ގާއިމްކުރި ތަނެއް ކަމަށްވެސް އެމްޕީއެލުން މައުލޫމާތުދެއެވެ. އަދި މި ޝެޑްގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބެހެއްޓުމަށް އިތުރު ޖާގަ ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަލާކުވާ ޒާތުގެ ތަކެތި ކްލިއަރކުރަން އެމްޕީއެލްއިންއިން ޝެޑެއް ހަދައިފިޚަބަރު | 3 ގަޑިއިރު ކުރިންވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާތައް ނެގުމަށް އެމްޕީއެލް އިން އެދިއްޖެޚަބަރު | 9 ގަޑިއިރު ކުރިންހިތަދޫގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންމާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް ޗައިނާގެ ކުންފުންޏަކަށްޚަބަރު | 11 ދުވަސް ކުރިން