logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 16:27
ފޮޓޯ" އެމްޕީއެލް
ފޮޓޯ" އެމްޕީއެލް

ތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާދެމެދު މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު ސައީދެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. މި ރަސްމިއްޔާތުގައި ވަނީ ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު 3 ޚިދުމަތެއް އިފްތިތާހުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation


ހިތަދޫ ވިޔަފާރި ބަނދަރުގައި މި ޚިދުމަތްތައް ފެށިގެންދިޔުމުން، މުދާ ކްލިއަރ ކުރުމަށް ހިނގާ ޚަރަދު ކުޑަވެ، ދެކުނުގެ އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބާޒާރާ ގާތުން މުދާ އެތެރެކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޕީއެލުން ވިދާޅުވެއެވެ. އަދި ހިތަދޫގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދެކުނުގެ އިމާރާތްކުރުމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެޗްޕީއެލުން ވިދާޅުވެއެވެ.

މީގެ 20 އަހަރު ކުރިން ޚިދުމަތް ދޭން ފެށި ހިތަދޫ ރީޖަނަލް ޕޯޓަކީ އެމްޕީއެލްގެ ދަށުން ހިންގާ، ދެކުނުގެ ސަރަހައްދަށް މުދާ ފޯރުކޮށްދޭ މައި މަރުކަޒެވެ. މި ބަނދަރަކީ ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑްލް ކުރުމުގެ ފުރިހަމަ ވަޞީލަތްތައް ގާއިމުކުރެވިފައިވާ، ސަރަހައްދުގެ ޞިނާޢީ އަދި ވިޔަފާރި ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ޚިދުމަތް މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް ޗައިނާގެ ކުންފުންޏަކަށްޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިންފީ ނުނަގާ މުދާ ބަހައްޓައިދޭ މުއްދަތު އިތުރުކޮށްފިޚަބަރު | 7 ދުވަސް ކުރިން