logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ޒިދާން މުޙައްމަދު
17 ފެބްރުއަރީ 2026 - 14:14
ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ، ޑާކާގެ ނޭޝަނަލް ޕާރލިމަންޓުގައެވެ.

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ، ބަންގްލަދޭޝްގެ ރައީސް، މުޙައްމަދު ޝަހާބުއްދީންއެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފައެވެ.

ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ޗެއާމަން ތާރިޤް ރަޙްމާންގެ ލީޑަރޝިޕުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)އިން ވަނީ، ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ، 1991 ވަނަ އަހަރަށްފަހު އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެޤައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިން'އިޔަރ އޮފް ދަ ފަޔަރ ހޯސް' ދޭހަކޮށްދެނީ ޗައިނާއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންރައީސްގެ ދީލަތި ނިންމެވުމެއް: ސިނަމާލެ/މާލެ ހިޔާ ފްލެޓުތަކުގެ ޖޫރިމަނާ އެއްކޮށް މާފު، ކޮންމެ ފްލެޓަކަށް 100،000ރ. ޚަބަރު | 13 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި ޚަބަރު | ދުވަހެއް ކުރިން