logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް، ރަމަޟާން މުބާރިކް!

ޒިދާން މުޙައްމަދު
17 ފެބްރުއަރީ 2026 - 15:36
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް، ރަމަޟާން މުބާރިކް!

މާދަމާ (18 ފެބްރުއަރީ 2026)އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން ދވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާ (18 ފެބްރުއަރީ 2026) އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި މިކަން އިއުލާނުކޮށްފައި ވަނީ، 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމިކް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރުއްވާ ބަޔާން އިއްވަވަމުން ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ޤައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރުވެފައވާތީއާއި، ބޮޑެތި އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިކަން ކަނޑައާޅާފައިވަނީ، ރާއްޖޭގައި ރަމަޟާން މަހާޢި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް މިބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ރަމަޟާން މަހުގެ ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ޔަޤީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ޢިއުލާން ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ފަޔަރިންގ ސްކޮޑުން ވަނީ ބަޑި ޖަހާފައެވެ. ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް، ރަމަޟާން މުބާރިކް!ޚަބަރު | ގަޑިއިރެއް ކުރިން