ހުޅުމާލެ މިސްކިތްތައް ކައިރީގައި ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި
18 ފެބްރުއަރީ 2026 - 05:30

ހުޅުމާލެ މިސްކިތްތައް ކައިރީގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފިއެވެ.
ފުލުހުން ވަނީ، ހުޅުމާލޭގެ މިސްކިތްތަކަށް އަންނަ ފަރާތްތަކަށް އެ ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމަށާއި، ނަމާދަށް އަންނަ ފަރާތްތަކަަށް ފަސޭހައިން ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މިސްކިތް ހިމެނޭ ސަރަހައްދުަތަކުގައި ގިނަ ދުވަސްވަންދެން ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

Ad by Hajj Corporation
ރޯދަ މަހަކީ އަޅުކަމުގައި ގިނަބަޔަކު ހޭދަ ކުރާ މައްސަރެކެވެ. ރޯދަ މަހު މިސްކިތްތަކަށް ދާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރެވެ.
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ބުނެފައެވެ.
ފުލުހުން މިހާރުވެސް ދަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތަކުގެ އިތުރުން، މަގުތަކުގައި ހުރި ބާވެފައިވާ އުޅަނދުތައްވެސް ނަގަމުންނެވެ.


