logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ޤައުމުތަކަށް ރަމަޟާންމަހުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި

އައިޝަތު ނަޝާ
18 ފެބްރުއަރީ 2026 - 05:41
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޤައުމު ފަޚުރުކޮށްދެއްވާ ލީޑަރެއް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ އިސްމާލީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އެމަނިކުފާނު ވަނީ، ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ޤައުމުތަކަށް ރަމަޟާންމަހުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނެ: ރައީސްޚަބަރު | 13 ގަޑިއިރު ކުރިންބަންގްލަދޭޝްގެ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފިޚަބަރު | 17 ގަޑިއިރު ކުރިން'އިޔަރ އޮފް ދަ ފަޔަރ ހޯސް' ދޭހަކޮށްދެނީ ޗައިނާއިން ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ: ރައީސްޚަބަރު | ދުވަހެއް ކުރިން