ކުޑަހުވަދޫގައި 126 ފުޅި ބަނގުރާ ނައްތާލައިފި
18 ފެބްރުއަރީ 2026 - 11:18

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ މިދިޔަ ޑިސެންބަރުމަހުގެ 31 އިން މިމަހުގެ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހަށްޓައިފައިވާ ބަނގުރާކަމަށެވެ. ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ.
މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

Ad by Hajj Corporation
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ދައުލަތާއި ދިވެހި ފުލުހުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން މާލޭގެ ފަޅުތެރެ 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ފުލުހުންދަނީ މަސައްކަތްކުރައްވަމުންނެވެ.


