logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޒަހީނާ އަހްމަދު: ގދ. ތިނަދޫ ދެކުނު މެދު ދާއިރާގެ ތަރައްޤީއަށް އައު އުންމީދެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ފެބްރުއަރީ 2026 - 13:18
ޒަހީނާ، ތިނަދޫ ސިޓީން އެންމެ ބެސްޓް އެއް ޗޮއިސް،
ޒަހީނާ، ތިނަދޫ ސިޓީން އެންމެ ބެސްޓް އެއް ޗޮއިސް،

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ނުހަނު މުހިންމު ނިންމުންތަކެއް ނިންމަންޖެހޭ ވަގުތެކެވެ. މިގޮތުން ގދ. ތިނަދޫ، ތިނަދޫ ދެކުނު މެދު ދާއިރާ (Q1-05) އަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ވާދަކުރައްވާ ކެންޑިޑޭޓް ޒަހީނާ އަހްމަދަކީ އެ ދާއިރާގެ ތަރައްޤީއަށްޓަކައި ސާފު ތަޞައްވުރެއް ގެންގުޅުއްވާ، ހީވާގީ ޚިދުމަތްތެރިއެކެވެ.

ކެންޑިޑޭޓުގެ ވަނަވަރާއި ތަޖުރިބާ

Ad by Hajj Corporation

Ad by Hajj Corporation

ގދ. ތިނަދޫ ބުލޫނިޔާ، ޒަހީނާ އަހްމަދަކީ އެރަށަށް އުފަން، އެ ރަށުގެ މުޖުތަމައުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ ހަމައެކަނި ސިޔާސީ މައިދާނަށް ނުކުމެ ހުރި މީހެއް ނޫނެވެ. އޭގެ ބަދަލުގައި އަމިއްލަ މަސައްކަތުން ކުޑަ ވިޔަފާފިއެއް ފަށައި، އެކަން ކާމިޔާބުކަމާއެކު ހިންގަމުންދާ އިގްތިސާދީ ގޮތުން ފުދުންތެރި އަންހެނެކެވެ.

undefined

ޒަހީނާ، އޭނާ އަކީ މިހާރުވެސް ތިނަދޫގެ ޚިދުމަތުގައި އެކި ރޮނގުތަކުން މަސައްކަތްކޮށްދެއްވާ ހީވާގި ކަނބަލެއް

 

ޒަހީނާގެ ގާބިލުކަން އިތުރަށް ހާމަވަނީ އޭނާ ހާސިލްކޮށްފައިވާ ތަމްރީނުތަކުންނެވެ. އެގޮތުން 'ޕްރެކްޓިސް ޕާލިމެންޓް' ވޯކްޝޮޕްގައި ބައިވެރިވެ، ދައުލަތް ހިންގުމާއި ވަކާލާތު ކުރުމުގެ ހުނަރު އޭނާ ވަނީ ދަސްކޮށްފައެވެ. އަދި މިހާރުވެސް ވީޓް އެކްސް ކޯ ގެ އިސް މަގާމެއްގައި ހުރެ، ހިންގުމުގެ ދާއިރާގައި އޭނާ ދަނީ ނަތީޖާ ދައްކަމުންނެވެ.

6102523335456526411.jpg

ޒަހީނާ ޕީއެންސީގެ މަޖިލިސް މެމްބަރުންތަކަކާއެކު، އޭނާ އަކީ ޕާޓީގެ އިތުބާރުވެސް ލިބިފައިވާ އަންހެން ލީޑަރެއް

 

އަންހެނުންގެ ކުރިއެރުމަށް ގެންގުޅުއްވާ ތަޞައްވުރު

ޒަހީނާގެ އެންމެ ބޮޑު އެއް އަމާޒަކީ އަންހެނުން ބާރުވެރިކުރުވުމެވެ. މި ދާއިރާއިން އޭނާ ހާސިލްކުރަން ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުން: ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނަށް އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ހޯދައިދިނުން.

6102523335456526410.jpg

ޒަހީނާ ވަނީ އެތައް ތަމްރީނަކާއި ތަޖްރިބާއެއް ހޯއްދަވާފައި،

 

ހުނަރު ތަރައްޤީކުރުން: އަންހެނުންނަށް ޚާއްޞަ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް ރަށު ފެންވަރުގައި ހިންގައި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ދެއްކުން.

ޖުތިމާއީ ރައްކާތެރިކަން: އާއިލާތަކަށް ދިމާވާ އެކި ގޮންޖެހުންތަކުގައި އެހީތެރިވެދޭނެ ނިޒާމެއް ގާއިމްކުރުމާއި، ކައުންސިލްގެ ތެރެއިން އަންހެނުންގެ އަޑު އިއްވައި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން.

ސިއްހީ ހޭލުންތެރިކަން: އަންހެނުންގެ ސިއްހަތާ ގުޅޭ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށުގައި ދާއިމީ ގޮތެއްގައި ހިންގުން.

6102523335456526396.jpg

ޒަހީނާ (ވ)، އޭނާ ގެންދަވަނީ މިހާރުވެސް އޭނާ އަކީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ރަނގަޅު ނަތީޖާ ނެރެދެވޭނެކަން އަމަލޅި ގޮތުން ދައްކަވަމުން

 

އިންތިޚާބަށް ކުރިމަތިލީ ސަބަބާއި ލަނޑުދަނޑި

ޒަހީނާ އިންތިޚާބަށް ކުރިމަތިލީ ހަމައެކަނި މަގާމެއްގެ ބޭނުމަކު ނޫނެވެ. އޭނާގެ މައިގަނޑު މަގުސަދަކީ ސަރުކާރާ ގުޅިގެން ތިނަދޫގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ވަކިން ޚާއްޞަކޮށް ދާއިރާގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެވެ. އޭނާ ބޭނުންވަނީ އެންމެން އެކަތިގަނޑަކަށްވެ، އެކަކު އަނެކަކަށް އަޅާލާ، އެކުވެރި ބަދަހި މުޖުތަމައެއް ތިނަދޫގައި ބިނާކުރުމަށެވެ.

6102523335456526398.jpg

ޒަހީނާ އެހެންކަނބަލުންކޮޅަކާއެކު ބައްދަލުވުމެއްގައި، އޭނާ އަކީ މުރާލިކެރޭ ކަނބަލެއްކަން ވަނީ ސާބިތުކޮށްދީފައި

 

ޒަހީނާ އިންތިޚާބު ކުރަންވީ ކީއްވެ؟

ޒަހީނާ އަކީ ތިނަދޫ ދެކުނު މެދު ދާއިރާގެ އުފަން ދަރިއެކެވެ. އޭނާ ވަނީ އެ ދާއިރާގައި އުޅެ ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެންމެ ގާތުން ތަޖުރިބާކޮށްފައެވެ. އޭނާ އިންތިޚާބު ކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ:

ދާއިރާ ދަންނަ މީހަކަށްވުން: ރައްޔިތުންނަށް އެހީތެރިކަން ބޭނުންވަނީ ކޮން ކަންތައްތަކަކުންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އޭނާއެވެ.

އަޑުއުފުލުމުގެ ގާބިލުކަން: ރައްޔިތުންގެ ޙައްޤުތަކާއި ކުރިއެރުމަށް ކައުންސިލްގައާއި ސަރުކާރުގެ އިދާރާތަކުގައި ޖެހިލުމެއްނެތި ވަކާލާތު ކުރެވޭނެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުއްޓެވެ.

6102523335456526394.jpg

ޒަހީނާ، އޭނާ އަކީ މިހާރު ވެސް އިސް ސަފުގައި މަސައްކަތްކުރަށްވާ ނަމޫނާ ކަނބަލެއް

 

ނަތީޖާ ނެރެދޭނެ މީހަކަށްވުން: އަމިއްލަ ވިޔަފާރިއާއި އިސް މަގާމުތަކުގައި އޭނާ ވަނީ އަމަލީ ގޮތުން ނަތީޖާ ނެރެދެވޭނެކަން ސާބިތުކޮށްދީފައެވެ.

އިޖުތިމާއީ ރޫހު: ރަށުގެ ކޮންމެ ކަމެއްގައި ބައިވެރިވެ، އެންމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ރީތި ނަމޫނާ އޭނާ ދަނީ ދައްކަމުންނެވެ.

ޒަހީނާ އަހްމަދަކީ ތިނަދޫ ދެކުނު މެދު ދާއިރާއަށް މިއަދު ބޭނުންވާ އުންމީދީ ބަދަލެވެ. އޭނާގެ ގާބިލުކަމާއި، ތަޖުރިބާއާއި، އަދި ވަކިން ޚާއްޞަކޮށް އަންހެނުންނާއި އާއިލާތަކުގެ ކުރިއެރުމަށް ގެންގުޅުއްވާ ވިސްނުންތެރި ސިޔާސަތުތަކަކީ ދާއިރާގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަންކަމެވެ. ޒަހީނާއަށް ދޭ ކޮންމެ ވޯޓަކީ ތިނަދޫގެ ތަރައްޤީއަށާއި، ބަދަހި މުޖުތަމައަކަށް ދެވޭ ވޯޓެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަހީނާ: ގދ. ތިނަދޫ ދެކުނު މެދު ދާއިރާގެ ތަރައްޤީއަށް އައު އުންމީދެއްރިޕޯޓް | 3 ގަޑިއިރު ކުރިންސަރުކާރަކާ ދެކޮޅު ބަޔަކު މާލޭ ސިޓީ ކައުންސިލަށް ހޮވުމަކީ ހިތި ތަޖުރިބާއެއް: މުސްތަފާޚަބަރު | ދުވަހެއް ކުރިންޕީއެންސީގެ ވިމެންސް ވިންގް އާއި ޔޫތް ވިންގްގެ ފަރާތުން އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއްޚަބަރު | 3 ދުވަސް ކުރިންރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީޚަބަރު | 3 ދުވަސް ކުރިން