logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ރިޓަޔަރ ކުރައްވައިފި

މުޙައްމަދު އަފްރާޙް
18 ފެބްރުއަރީ 2026 - 17:02
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ރިޓަޔަރ ކުރައްވައިފިއެވެ.

މީސްމީޑިއާގައި ކުރެއްވިޕޯސްޓެއްގައި ނަވީން ވިދާޅުވީ މިއަދަކީ އޭނާގެ ރިޓަޔަރމަންޓްގެ ފުރަތަމަ ދުވަސް ކަމަށާއި ގާތްގަނޑަކަށް 32 އަހަރު ޔުނީފޯމްގައި ހިދުމަތް ކުރުމަށްފަހު، އެ ހިދުމަތް ދޫކޮށްލަނީ ވަދެގެން އައި ގޮތަށް ކަމަށެވެެ. އަދި ޚިދުމަތް ކުރަން ފެށިގޮތަށް ޚިދުމަތުން ނިކުމެގެންދަނީވެސް ބެޖަށް އިހްތިރާމްކުރުމާއި މުއައްސަސާއަށް އިތުބާރުކޮށް، ގައުމަށް އޮތް ލޯތްބާއި ގަދަރާއި އެއްކޮށްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ގައުމަށް ހިދުމަތް ކޮށްދޭން ލިބުނު ފުރުސަތަށް ޝުކުރުވެރިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. އެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި އެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވާފައިވެއެވެ. އޭގެތެރޭގައި އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައި ހުންނެވި ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނަވީން އައްޔަނުކުރެއްވީ 10 ޖޫން 2025 ގައެވެ.

ނަވީން އަކީ މިސަރުކާރުގެ ދެ ވަނަ ސީޕީއެވެ. ނަވީންގެ ކުރިން އެމަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަނީ ރިޓަޔަރކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ރިޓަޔަރ ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންކުޑަހުވަދޫގައި 126 ފުޅި ބަނގުރާ ނައްތާލައިފިޚަބަރު | 7 ގަޑިއިރު ކުރިންހުޅުމާލެ މިސްކިތްތައް ކައިރީގައި ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފިޚަބަރު | 13 ގަޑިއިރު ކުރިންރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިން