logo
Bank of Maldives

Bank of Maldives

ދުނިޔެ

ނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެ

މުޙައްމަދު އަފްރާޙް
19 ފެބްރުއަރީ 2026 - 15:29
ނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެ

އެމެރިކާއިން އީރާނަށް އަލުން ހަމަލާ ދީފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

އެގައުމުގެ ފޮރިން މިނިސްޓަރ ސިރްގިޔޭ ލެވްރޮފް މިހެން ބުނެފައިމިވަނީ ސަޢޫދީ ޢަރަބިއްޔާގެ ނޫހެއްކަމަށްބާ އަލް-ޢަރަބިއްޔާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވަނީ ސުލްހަވެރިކަމާ އެކު ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންދިޔުމުގެ ހައްގު އީރާނަށް ހޯދައިދިނުމުގެ ގޮތުން ކެތްތެރިކަމާ އެކު ހައްލެއް ހޯދަން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ހުސްވި އަހަރު އެމެރިކާއިން އީރާނަށް ދީފައިވާ ހަމަލާތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާ ދީފައިވަނީ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުތަކަކަށް ކަމުގައެވެ. އަދި އެ ހަމަލާތަކާ ގުޅިގެން ނުރައްކާތެރި ނިއުކްލިޔަރ ހާދިސާއެއް ހިނގުމުގެ ނުރައްކާ އޮތް ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޢަރަބި ޤައުމުތަކުން އެމެރިކާއަށް ދެމުންދާ މެސެޖަކީ، ކެތްތެރިކަން އިސްކުރުން ކަމަށާއި އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމަކީ އެ ޤައުމުގެ ޤާނޫނީ ޙައްޤަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ސުލްޙަވެރި ބޭނުންތަކަށް ހިންގާ ޕުރޮގުރާމެއް ކަން ކަށަވަރު ކުރެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް އިސްކަންދިނުމަށް ކަމުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެދުނިޔެ | 2 ގަޑިއިރު ކުރިންއީރާނަށް ހަމަލާއެއް ދީފި ހާލަތެއްގައި އީރާނަށް ފުރިހަމަ އެއްބާރުލުން ދޭނަން: ތާލިބާނުންދުނިޔެ | 3 ދުވަސް ކުރިންއީރާނަށް ފިއްތުންކުރަން އެމެރިކާ އާއި ޖައްބާރު ޔަހޫދީންގެ އެއްބަސްވުމެއްދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ މިނިވަންކަން ދިފާއުކުރުމަށް ރަޝިއާ އިން އަބަދުވެސް ވާގިވެރިވާނެ: ޕުޓިންދުނިޔެ | 5 ދުވަސް ކުރިން