logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނަށް ފިއްތުންކުރަން އެމެރިކާ އާއި ޖައްބާރު ޔަހޫދީންގެ އެއްބަސްވުމެއް

އިސްމާޢިލް ރާތިޢު
16 ފެބްރުއަރީ 2026 - 10:26
ފޮޓޯ: ދަ އެސޯސިއޭޓަޑް ޕްރެސް
ފޮޓޯ: ދަ އެސޯސިއޭޓަޑް ޕްރެސް

އީރާނަށް ވީ އެންމެ ބޮޑަކަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

މިދިޔަ ހަފުތާގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްއާއި ނަތަންޔާހޫ ވަނީ އީރާނަށް އިޤްތިޞާދީ ގޮތުން ދަތިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައެވެ. އެ މަސައްކަތަށް ބާރުދެނީ ޓްރަމްޕް ސޮއިކޮށް ނެރުއްވާފައިވާ އަމުރެކެވެ. އެ އަމުރުގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެއެވެ. އެ ނިންމުމުގެ ސަބަބުން އީރާނާއެކު ވިޔަފާރިކުރާ ޗައިނާ ފަދަ ޤައުމުތަކަށް އަސަރުކުރާނެއެވެ. އީރާނުން އުފައްދާ ތެލުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ގަންނަނީ ޗައިނާއިންނެވެ.

އީރާނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް އެމެރިކާއާއި ޔަހޫދީން އެއްބަސްވެފައިވާ ނަމަވެސް، ދުރު ރާސްތާގައި ޢަމަލުކުރާނެ ގޮތަކަމެދު ދެފަރާތުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަތަންޔާހޫ ދަނީ އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއް ޤާއިމް ކުރުމަކީ ބޭކަރު ކަމެއް ކަމަށް ޓްރަމްޕް ގާތުގައި ބުނަމުންނެވެ. ޔަހޫދީން ބޭނުންވަނީ އީރާނާއި އެމެރިކާއިން ސީދާ ހަނގުރާމައަކަށް ދިޔުމަށް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އެމެރިކާއިން ބޭނުންވަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް ކަމަށާއި އީރާނުން މިހާރު މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމްގެ 450 ކިލޯ އެ ޤައުމުން ބޭރު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ނަތަންޔާހޫ ބޭނުންވަނީ އީރާނުން އެ ޝަރުތުތަކަށް އެއްބަސްނުވާނެ ފަދަ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާށެވެ. އެގޮތުން އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫޢު ކުޑަކުރުމަށް ނުވަތަ ހުއްޓާލުމަށް ޝަރުތުކުރުމަށް ޔަހޫދީން ބޭނުންވެއެވެ. އަދި ސަރަޙައްދީ ޖަމާޢަތްތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ކަނޑުވައިލުމަށް ވެސް ޔަހޫދީން ބޭނުންވެއެވެ. ނަމަވެސް މިއީ އީރާނުން އެއްވެސް ޙާލަތެއްގައި ބަލައިނުގަންނާނެ ޝަރުތެއް ކަމަށް އެ ޤައުމުން އަބަދުވެސް ދަނީ ބުނަމުންނެވެ. އީރާނުން ކަނޑައެޅިގެން އެއްބަސްވުނާނެ މި ފަދަ ޝަރުތުތައް ކުރުމަށް ޔަހޫދީން ބާރުއަޅަނީ ހަނގުރާމައަށް ދިޔުމަށް ކަމަށް ދޭހަވެއެވެ.

އީރާނާ ދެކޮޅަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދިޔަ ނަމަވެސްަ ޓްރަމްްޕް ގެންދަވަނީ އީރާނާއެކު މުއާމަލާތު ކުރައްވަމުންނެވެ. އީރާނާއި އެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ޢުމާނުގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުުކުރައްވައިފައެވެ. ސްވިޒަލެންޑުގެ ޖެނީވާގައި ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމުގައި އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | 4 ދުވަސް ކުރިންއެމެރިކާއާއި އީރާނު ސުލްހަވެ ހަނގުރާމަ ނިމުމަކަށް ގެނެސްފިދުނިޔެ | 5 ދުވަސް ކުރިންއެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި 24 ގަޑިއިރު ތެރޭގައި ސޮއިކުރަން މަސައްކަތް ކުރަނީދުނިޔެ | 7 ދުވަސް ކުރިންއެމެރިކާ އާއި އިސްރާއީލާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތް، ނަމަވެސް އަދި ނިންމުމަކަށް ނާދޭ: އީރާންޚަބަރު | 7 ދުވަސް ކުރިން