logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ މިނިވަންކަން ދިފާއުކުރުމަށް ރަޝިއާ އިން އަބަދުވެސް ވާގިވެރިވާނެ: ޕުޓިން

މުޙައްމަދު އަފްރާޙް
14 ފެބްރުއަރީ 2026 - 13:45
އީރާނުގެ މިނިވަންކަން ދިފާއުކުރުމަށް ރަޝިއާ އިން އަބަދުވެސް ވާގިވެރިވާނެ: ޕުޓިން

އީރާނުގެ މިނިވަންކަން ދިފާއުކުރުމަށް ރަޝިއާ އިން އަބަދުވެސް ވާގިވެރިވާނެ ކަމުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވީ އީރާނުގެ އިންގިލާބަށް ކާމިޔާބު ލިބުނުތާ 47 އަހަރު ފުރުމުގެ މުނާސަބަތުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ބަދަހި އެކުވެރި ގުޅުމެއް ކަމަށާއި ރަޝިޔާއިން އީރާނުގެ އިސްތިގުލާލާއި ޝަރުއީ މަސްލަހަތު ހިމާޔަތްކުރުމަށް އަބަދުވެސް ދެމިއޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ތާއީދުކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މޮސްކޯ އާއި ތެހެރާނާ ދެމެދު އޮންނަ ފުރިހަމަ ސްޓްރެޓެޖިކް އެއްބާރުލުން ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ޕޫޓިން ވަނީ ދެއްވާފައެވެ. އަދި އީރާނުގެ ރައީސަށް ހެޔޮ ސިއްހަތާއި ކާމިޔާބީއާއި އީރާނުގެ ރައްޔިތުންނަށް އުފަލާއި ފާގަތިކަމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | މަހެއް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | މަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | މަހެއް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | މަހެއް ކުރިން