logo
Bank of Maldives

Bank of Maldives

ޚަބަރު

ހޯމަ ދުވަހުން ފެށިގެން, ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަނީ

އިސްމާޢިލް ރާތިޢު
20 ފެބްރުއަރީ 2026 - 09:28
 ހޯމަ ދުވަހުން ފެށިގެން, ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަނީ

މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތައް، ހޯމަ ދުވަހުން ފެށިގެން ޓޯވކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޓޯވކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން، މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނެގުމަށް ދިވެހި ފުލުހުންގެ އެދިފައި ވެއެވެ.

އަދި އެ ތާރީޚުގެ ފަހުން ހުންނަ އުޅަނދުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓޯވކޮށްގެން ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައްޔާއި، ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ފަރާތުން ޒިންމާ ނުވާނެކަން، ފުލުހުން އަންގާފައިވެއެވެ.

އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވްކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުންކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯމަ ދުވަހުން ފެށިގެން, ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަނީޚަބަރު | 4 ގަޑިއިރު ކުރިންސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 13 ވަނަ ބުރު ކުރިއަށް ގެންގޮސްފިޚަބަރު | 7 ގަޑިއިރު ކުރިންރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވެއްޖެޚަބަރު | 7 ގަޑިއިރު ކުރިން