logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯ ރަމަޟާން މަހު ރޯދަ ހިފިކަން ހާމަވެއްޖެ

އަބްދުﷲ ޣާނިމް
21 ފެބްރުއަރީ 2026 - 04:31
ރޮނާލްޑޯ  ރަމަޟާން މަހު ރޯދަ ހިފިކަން ހާމަވެއްޖެ

ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ ކުރީގެ ކުޅުންތެރިއަކު ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގައި ހޭދަކުރި ދުވަސްތަކާ ގުޅޭ އާދަޔާ ހިލާފު ތަފްސީލެއް ހިއްސާކޮށްފައެވެ. މި ތަފްސީލުން ހާމަވަނީ ރޮނާލްޑޯ ސަޢޫދީއާއި މުސްލިމުންގެ ސަގާފަތަށް ކުރާ އިހުތިރާމާއި އެކަންކަން ދަސްކުރުމަށް ބަހައްޓާ ޝައުގުވެރިކަމެވެ.

'ޘަމާނިޔާ ސްޕޯޓްސް' ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން އަލް ނަސްރުގެ ކުރީގެ ކުޅުންތެރިޔާ ޝާއިޢު ޝަރާހީލީ ބުނީ، ރޮނާލްޑޯ މުސްލިމަކަށް ނުވި ނަމަވެސް މިދިޔަ އަހަރުގެ ރަމަޟާން މަހު ރޯދަ ހިފުމަށް އިހުތިޔާރު ކުރި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރާހީލީ ބުނި ގޮތުގައި، "މިދިޔަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރަމަޟާން މަހު އަލް ނަސްރުގެ މުސްލިމް ކުޅުންތެރިންނާއެކު ރޯދަ ހިފުމަށް މަސައްކަތް ކޮށްފައެވެ. ރޯދަ ހިފުމުން މުސްލިމުންނަށް ކުރެވޭ އިހުސާސްތައް ތަޖުރިބާ ކުރުމަށް އޭނާ ދެ ދުވަހު ރޯދަ ހިފިއެވެ."

މި ވާހަކަ ހާމަކޮށްފައި މިވަނީ މުޅި ދުނިޔޭގެ މުސްލިމުން މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަން ފެށިތާ ދެ ދުވަސް ފަހުންނެވެ. ފުޓްބޯޅައިގައި ރޯދަ ހިފުމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށާއި ދިރިއުޅުމުގެ އާދަތަކަށް ކުރާ އަސަރާ މެދު ގިނަ ބަހުސްތަކެއް ކުރެވޭ ދަނޑިވަޅެއްގައި މި ޚަބަރު ވަނީ ސަމާލުކަން ހޯދާފައެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގައި މިކަމަކީ ބޮޑު މައްސަލައެއް ނޫނެވެ. އެ ގައުމުގެ ގިނަ ކުޅުންތެރިންނަކީ ރޯދަ ހިފާ ކުޅުންތެރިން ކަމަށްވުމުން، ލީގުގެ ތަމްރީނުތަކާއި މެޗުތައް ކުޅޭ ވަގުތުތައް ވަނީ ރޯދައަށް ފަހިވާނޭ ގޮތަށް ބަދަލުކޮށްފައެވެ.

ރޮނާލްޑޯ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރޯދަ ހިފުމުގައި ބައިވެރިވުމަކީ އޭނާގެ ކުލަބުގެ އެތެރޭގައި ބަލައިގަތް ކަމެކެވެ. މިއީ އޭނާގެ ޕްރޮފެޝަނަލިޒަމާއި، އެހެން ސަގާފަތްތަކަށް ހުޅުވިފައިވާ މިންވަރު ހާމަކޮށްދޭ ރީތި ނަމޫނާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ރަމަޟާން މަހު ރޯދަ ހިފިކަން ހާމަވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންބޮޑާހޭކި ރޮނާލްޑޯއަށް ލާރިދިނުމުން ހަތިޔާރު ބަހަށްޓައި އެނބުރި ދަނޑަށްކުޅިވަރު | 11 ދުވަސް ކުރިންރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލަނީކުޅިވަރު | 17 ދުވަސް ކުރިންރޮނާލްޑޯގެ ބޮޑާހޭކުމަށް ފުރަގަސްދީ ބެންޒެމާ އަލް-ހިލާލްއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ފުރިހަމަކޮށްފިކުޅިވަރު | 18 ދުވަސް ކުރިން