logo
MPL

MPL

ދުނިޔެ

ޤުރުއާނުގެ ހަތަރު މުޞްޙަފެއް އަތުން ލިޔުއްވި އުޘްމާން ޠާހާ ވަލީއަހްދު މުހައްމަދު ބައްދަލުކުރަށްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 06:57
ޤުރުއާނުގެ ހަތަރު މުޞްޙަފެއް އަތުން ލިޔުއްވި އުޘްމާން ޠާހާ ވަލީއަހްދު މުހައްމަދު ބައްދަލުކުރަށްވައިފި

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ކީރިތި ޤުރުއާން އަތުން ލިޔުއްވުމުގެ ޝަރަފު ހާސިލުކުރައްވާފައިވާ މަޝްހޫރު ޚައްޠާޠު އުޘްމާން ޠާހާއާ ބައްދަލުކުރައްވައިފިއެވެ.

އުޘްމާން ޠާހާ ކީރިތި ޤުރުއާނަށް ކުރެއްވި މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2021 ވަނަ އަހަރު ސައޫދީ ސަރުކާރުން ވަނީ އޭނާއަށް އެ ގައުމުގެ ރައްޔިތުކަން ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

1934 ވަނަ އަހަރު ސޫރިޔާގެ ޙަލަބަށް އުފަންވި އުޘްމާން ޠާހާއަކީ ދިމިޝްޤު ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވައި، ސޫރިޔާގެ އެންމެ ކުންނަށްދިޔަ ލިޔުންތެރިންގެ އަރިހުން ޚައްޠު ލިޔަން ދަސްކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ މުޞްޙަފެއް ފުރިހަމައަށް ލިޔުއްވައި ނިންމެވީ 1970 ވަނަ އަހަރު ސޫރިޔާގެ މިނިސްޓްރީ އޮފް އަައުޤާފަށެވެ. ޢާންމުގޮތެއްގައި މުޞްޙަފެއް އަތުން ލިޔެ ނިންމުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އުޘްމާން ޠާހާ ސައޫދީ އަރަބިއްޔާއަށް ހިޖުރަކުރެއްވީ 1988 ވަނަ އަހަރުއެވެ. އެއަށްފަހު، މަދީނާގައި ހުންނަ ކީރިތި ޤުރުއާން ޗާޕުކުރާ ކިންގް ފަހުދު ކޮމްޕްލެކްސްގެ ރަސްމީ ޚައްޠާޠެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ހިޖުރީ ގޮތުން 1408 ވަނަ އަހަރުން ފެށިގެން އޭނާއަކީ މަދީނާ މުޞްޙަފުގެ ރަސްމީ ލިޔުންތެރިޔާއެވެ.

ކިންގް ފަހުދު ކޮމްޕްލެކްސްއަށް އޭނާ ވަނީ ކީރިތި ޤުރުއާނުގެ ހަތަރު މުޞްޙަފެއް ފުރިހަމައަށް ލިޔުއްވައިދެއްވާފައެވެ. އޭނާ ލިޔުއްވި މި މުޞްޙަފުތަކުން 200 މިލިއަނަށްވުރެ ގިނަ ކޮޕީ ޗާޕުކުރެވި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފޯރުކޮށްދެވިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | މަހެއް ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | މަހެއް ކުރިންބީޖޭޕީގެ އެމްއެލްއޭއެއްގެ ދަރިފުޅަށް ކައިވެނި ކުރެވުނީ 25 ކައިވެނިކޮށްފައިވާ ކެހިވެރިޔަކާދުނިޔެ | 2 މަސް ކުރިންއެންޑްރޫ ޓޭޓްއާ ޓްރަމްޕްގެ ދަރިކަުން ބެރަންގެ ގުޅުން އޮތް ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން މެލޭނިއާއާއި ޓްރަމްޕަށް ފާޑުކިޔުންދުނިޔެ | 3 މަސް ކުރިން