logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް ވިޔަފާރީގެ ބޮޑެއް 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ފެބްރުއަރީ 2026 - 05:24
ޑްރަގް ޓްރެފިކިން ކުށް ސާބިތުވެ ބޮޑު ހުކުމެއް އައި ބާސިޠު، ފޮޓޯ: ޕޮލިސް
ޑްރަގް ޓްރެފިކިން ކުށް ސާބިތުވެ ބޮޑު ހުކުމެއް އައި ބާސިޠު، ފޮޓޯ: ޕޮލިސް

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކެއްގެ އިސް މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، 2026 ފެބުރުވަރީ 24 ވަނަ ދުވަހު މި ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 75 އަހަރުގެ ޖަލު ހުކުމުގެ އިތުރުން 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާކޮށް، މަނީލޯންޑަރ ކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ 2024 އޭޕްރީލް 27 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ގައެވެ.

މި އޮޕަރޭޝަނަކީ ފުވައްމުލަކުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ދެ ބޮޑު ނެޓްވޯކެއް ރޫޅާލުމަށް ހިންގި ހަރަކާތެކެވެ. މި މަސައްކަތުގެ ތެރެއިން އެކި ދުވަސްމަތިން 174 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 188 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. މީގެ ތެރެއިން 78 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، މި ނެޓްވޯކްތަކުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ މަނީލޯންޑަރ ކުރުމަށްޓަކައި ބޮޑެތި މުއާމަލާތްތަކެއް ހިންގާފައެވެ. އެގޮތުން ޢަބްދުލްބާސިޠުގެ ބޭންކު އެކައުންޓުތަކަށް އެކި ފަރާތްތަކުން 3 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި، 19،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ފުލުހުން ވަނީ ހޯދާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ދެއްވި އެއްބާރުލުން އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުންތަކެއްގެ މުސާރަ އޮޅިގެން ހަވާލުކުރެވުނީ އެހެން މީހަކާ، ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޓްރެއިނިންގ ފޯ ވިމެން މެންޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންޑްރަގް ވިޔަފާރީގެ ބޮޑެއް 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެޚަބަރު | 3 ގަޑިއިރު ކުރިން