logo
Bank of Maldives

Bank of Maldives

ޚަބަރު

ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހު!

ޒިދާން މުޙައްމަދު
26 ފެބްރުއަރީ 2026 - 11:12
ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހު!

ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވަވާ ޚާއްޞަ ޖަލްސާގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ޙާފިޡުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހު!ޚަބަރު | 2 ގަޑިއިރު ކުރިންޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެޚަބަރު | އަހަރެއް ކުރިންހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ޙަލްފާ 27 ވިލޭރޭ ޚަބަރު | އަހަރެއް ކުރިން