logo
Bank of Maldives

Bank of Maldives

ޚަބަރު

ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

1445 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކުއްކަކަށް ހަނދާނީ ފިލާ އަރުވަނީ -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
1445 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކުއްކަކަށް ހަނދާނީ ފިލާ އަރުވަނީ -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ އޮންނާނެއެވެ.

މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅިން އަލަށް ބާއްވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ. މިރޭ ބޭއްވޭ ހާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ޙާފިޡުން ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. އަދި ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހު!ޚަބަރު | 2 ގަޑިއިރު ކުރިންޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | 9 ދުވަސް ކުރިންކުރެންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިޚަބަރު | 14 ދުވަސް ކުރިން