logo
Bank of Maldives

Bank of Maldives

ޚަބަރު

ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ޙަލްފާ 27 ވިލޭރޭ

އަޙްމަދު ޒަލީފް
9 މާރިޗު 2025 - 16:21
ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ޙަލްފާ 27 ވިލޭރޭ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ޙަފްލާ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަަށް ނިންމައިފިއެވެ.

ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ހަފްލާގައި 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ ކަމަށާއި އަދި މިއީ ހަމައެކަނި ހާފިޒުން ދަސްވެނިވާ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ޙަފުލާކަން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށެވެ. މިހާރު ޙާފިޒުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވައެވެ.

މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. އަދި ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހު!ޚަބަރު | 3 ގަޑިއިރު ކުރިންޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެޚަބަރު | އަހަރެއް ކުރިންހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ޙަލްފާ 27 ވިލޭރޭ ޚަބަރު | އަހަރެއް ކުރިން