logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެ

އަބްދުﷲ ޣާނިމް
11 މާރިޗު 2026 - 04:30
ޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ގޯލްކީޕަރު އެންޓޮނިން ކިންސްކީއަށް ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން 5-2 އިން އެ ޓީމު ބަލިވެއްޖެއެވެ. މިއީ ކިންސްކީ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗު ނަމަވެސް، އޭނާގެ ފަރާތުން ފެނުނީ ހިތްދަތި ތަޖުރިބާއެކެވެ.

މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭގައި ކިންސްކީއަށް ހެދުނު ދެ ގޯހަކުން އެތުލެޓިކޯއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މި ސަބަބާހުރެ މެޗުގެ 17 ވަނަ މިނެޓުގައި ކޯޗު އީގޯ ޓިއުޑޯ ވަނީ ކިންސްކީ ބަދަލުކޮށް ގޫލިއެލްމޯ ވިކާރިއޯ ކުޅެން އަރުވާފައެވެ. ނަމަވެސް އޭރު ލިބުނު ގެއްލުމުން އަރައިގަތުމަށް ސްޕާސްއަށް ވަނީ ނުކުޅެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަވަނަ މިނެޓުގައި ކިންސްކީ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވެއްޓުމުން، ހޫލިއަން އަލްވަރޭޒް ހޯދި ބޯޅައަކުން މާކޯސް ލޮރެންޓޭ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭގެ ފަހުން 14 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ދެވަނަ ލަނޑު ޖެހިއިރު، އޭގެ މިނެޓެއް ފަހުން ކިންސްކީ ކެވިން ޑަންސޯއަށް ދޭން އުޅުނު ފާހެއް އަލްވަރޭޒްއަށް ލިބުމުން އޭނާ ވަނީ ފަސޭހަކަމާއެކު ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ވިކާރިއޯ ކުޅެން އެރިތާ ފަސް މިނެޓު ތެރޭގައި ރޮބިން ލެ ނޯމަންޑް ވަނީ އެތުލެޓިކޯގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ސްޕާސްއިން ފުރަތަމަ ހާފުގައި ޕެޑްރޯ ޕޯރޯގެ ލަނޑަކުން އުންމީދެއް ހޯދި ނަމަވެސް، ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައި އަލްވަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. މެޗު ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑާއެކު މެޗު ނިމުނީ 5-2 އިންނެވެ.

މިއީ އެތުލެޓިކޯ މެޑްރިޑްގެ ތާރީޚުގައި ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވަރޭޒް މިހާރު ވަނީ 2022 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގައި 30 ލަނޑުގައި ހިއްސާވެފައެވެ. އޭނާއަށްވުރެ ކުރީގައި އުޅެނީ އެމްބާޕޭ، ވިނީޝިއަސް، ކޭން އަދި ހާލަންޑް އެކަންޏެވެ.

އަންނަ ހަފުތާގައި ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނުކުންނައިރު، ކުއާޓާ ފައިނަލަށް ދިއުމަށް ޓިއުޑޯގެ ޓީމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މޮޅެއް ނުލިބި ޓޮޓްނަމް ބަލިވެ ރެލިގޭޓްވުމާއި ގާތަށްކުޅިވަރު | 9 ދުވަސް ކުރިންއެޒޭ އާއި ގެޔޯޜކެރޭސްގެ ގޯލުތަކުން ނޯތުލަންޑަން ޑާބީގައި ހިތިގޮތަށް ޓޮޓްނަމް ބަލިކޮށް ރެލިގޭޝަނަށް ފޮނުވާލައިފިކުޅިވަރު | 16 ދުވަސް ކުރިންޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް އީގޯ ޓޫޑޯ ހަމަޖައްސައިފިކުޅިވަރު | 25 ދުވަސް ކުރިން