logo
Bank of Maldives

Bank of Maldives

ޚަބަރު

އިޓަލީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަޙްމަދު ޒަލީފް
9 އޮކްޓޯބަރު 2024 - 12:22
އިޓަލީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެ ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް އިޓަލީވިލާތުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑާނިއެލާ ސަންޓޭންޗްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލާއި އިޓަލީވިލާތުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑާނިއެލާ ސަންޓޭންޗް ބޭއްވެވި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ އެހެން ދާއިރާތަކުން ގުޅުންތައް ވަރުގަަދަކުރުމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން ރާއްޖެ އަންނަ އިޓަލީވިލާތުގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި އިޓަލީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ވިޔަފާރިގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. އެގޮތުން ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިޓަލީންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 107799 ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ އެފްއޭގެ ރައީސާއި ބުފޮން އިސްތިއުފާ ދީފިކުޅިވަރު | 2 މަސް ކުރިންވޯލްޑް ކަޕުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ކަޓައި، ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެކުޅިވަރު | 2 މަސް ކުރިންއަހަރުގެ މިހާތަނަށް އިޓަލީން 18،000 ފަތުރުވެރިން ރާއްޖެ އައިސްފިޚަބަރު | 4 މަސް ކުރިންއިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެދުނިޔެ | 6 މަސް ކުރިން