logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަމަހު މުދަލު ޒަކާތް ދެއްކި މިންވަރު ދެގުނަ އިތުރު

އިސްމާޢިލް ރާތިޢު
11 މާރިޗު 2026 - 08:50
މިދިޔަމަހު މުދަލު ޒަކާތް ދެއްކި މިންވަރު ދެގުނަ އިތުރު

މިދިޔަ މަަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މިރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11،853،554 ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 5،939،935 ރުފިޔާއާއި އަޅާ ބަލާއިރު 99.5 އިންސައްތަ އިތުރު އަދަދެކެވެ.

މިއާއެކު، އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ، 17,909,069 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިޞާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ އެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަމަހު މުދަލު ޒަކާތް ދެއްކި މިންވަރު ދެގުނަ އިތުރުޚަބަރު | 3 ގަޑިއިރު ކުރިންދައުލަތަށް ނުލިބި ހުރި 666 މިލިއަން ރުފިޔާ ހޯދައިފިވިޔަފާރި | 2 ދުވަސް ކުރިންފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފިވިޔަފާރި | 2 ދުވަސް ކުރިންފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެޚަބަރު | 9 ދުވަސް ކުރިން