logo
Bank of Maldives

Bank of Maldives

ވިޔަފާރި

ދައުލަތަށް ނުލިބި ހުރި 666 މިލިއަން ރުފިޔާ ހޯދައިފި

ޒިދާން މުޙައްމަދު
9 މާރިޗު 2026 - 11:14
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

މަރުކަޒީ ބޭންކު - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 666 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީއަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 666 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ.

އެ ގޮތުން ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން 61 މިލިއަން ރުފިޔާ އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 34 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއިން ވަނީ ހޯދާފައެވެ.

މިރާ އިން ބުނީ ފިޔަވަޅު އަޅައިގެން 11 މިލިއަން ރުފިޔާ އަދި އެކައުންޓް ފްރީޒްކޮށްގެން ފަސް މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ.

ނުލިބިހުރި ފައިސާ ހޯދަށް ކުރި މަސައްކަތުން މި އަހަރުގެ ޖެނުއަރީ މަހު މީރާއިން 531 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތަށް ނުލިބި ހުރި 666 މިލިއަން ރުފިޔާ ހޯދައިފިވިޔަފާރި | 2 ގަޑިއިރު ކުރިންފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފިވިޔަފާރި | 7 ގަޑިއިރު ކުރިންގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104 އިންސައްތައިގެ ކުރިއެރުމެއް!ވިޔަފާރި | 16 ދުވަސް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | މަހެއް ކުރިން