logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި

މުޙައްމަދު އަފްރާޙް
4 ފެބްރުއަރީ 2026 - 16:45
ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާ އިން ބުނީ ހާމަކޮށްފައިވަނީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ، އާމްދަނީ އިން ނަގާ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 100،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ކިޔައިދީފައިވާ ކަމަށް ބުނެއެވެ. އަދި އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް ވެސް ބުނެއެވެ.

މީރާ އިން ބުނީ ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާ އިން އިއުލާން ކޮށްފިޚަބަރު | 4 ދުވަސް ކުރިންމިދިޔަމަހުގެ ނިޔަލަށް މުދަލުޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ ލިބުނުޚަބަރު | 11 ދުވަސް ކުރިންފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީވުމަށް އަންގައިފިޚަބަރު | 13 ދުވަސް ކުރިންއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދައިފިޚަބަރު | 21 ދުވަސް ކުރިން