logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފި

މުޙައްމަދު އަފްރާޙް
9 މާރިޗު 2026 - 05:48
ފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފި

މިއަހަރުގެ ފެބުރުވަރީ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުމުލަ އާމްދަނީގެ ގޮތުގައި 2.80 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %0.8 ދަށް އަދަދެއް ކަަމަށާއި ފެބުރުވަރީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.6%  ދަށް އަދަދެއް ކަމަށެވެ. ފެބުރުވަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށް މީރާ އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީ ކަމުގައި ވެސް ބުނެއެވެ. ނަމަވެސް، ފެބުރުވަރީ މަހުގައި އެޑްވާންސްކޮށް ދައްކައިފާވާ ޕޭމަންޓްތައް 2025 ފެބުރުވަރީ އާ އަޅާބާލާއިރު އިތުރުވެފައިވާކަން އެ އިދާރާ އިން ފާހަގަކުރެއެވެ.

މީރާ އިން ބުނީ މިއަހަރުގެ ފެބުރުވަރީ އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 11.6% ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ ދަށްވުމާއި އެއަރޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމެވެ. އަދި ލިބިފައިވާ އާމްދަނީގެ 19.0% އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އާމްދަނީގެ  16.9%ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް ބުނެފައި ވެއެވެ.

މީރާ އިން އިތުރަށް ބުނީ ފެބުރުވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައި ކަަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދައިފައިވާކަމށް ބުނެއެވެ.

މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ އަދި  ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ހޯދައިފައިވާކަމަށް ވެސް މީރާ އިން ހާމަކުރެއެވެ.

މިއަހަރުގެ ފެބުރުވަރީ ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 599.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 196.34މިލިއަން ރުފިޔާލިބިފައިވެއެވެ.

ފެބުރުވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފިވިޔަފާރި | 2 ގަޑިއިރު ކުރިންގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104 އިންސައްތައިގެ ކުރިއެރުމެއް!ވިޔަފާރި | 16 ދުވަސް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | މަހެއް ކުރިންޑރ. އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ގިނަ ދައުވާތަކެއް، މައްސަލަ ކޯޓަށްޚަބަރު | 2 މަސް ކުރިން