logo
Bank of Maldives

Bank of Maldives

ދުނިޔެ

އެފްބީއައިގެ އިންޒާރު: ކެލިފޯނިއާގެ އަމާޒުތަކަށް އީރާނުން ހަމަލާދީފާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މާރިޗު 2026 - 01:42
އެފްބީއައިގެ އިންޒާރު: ކެލިފޯނިއާ އަށް އީރާނުން ހަމަލާދީފާނެ

އެމެރިކާއިން އީރާނަށް ދީފާނެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ކެލިފޯނިއާގެ އެކި ސަރަހައްދުތަކަށް ކުއްލި ޑްރޯން ހަމަލާތަކެއް ދިނުމަށް ތެހެރާނުން ރާވަމުންދާ ކަމުގެ އިންޒާރު އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދީފިއެވެ.

ރޮއިޓާސްއަށް ފެނިފައިވާ ސަލާމަތީ ބުލެޓިންއަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އިންޒާރު ނެރެފައިވަނީ ލޮސް އެންޖެލެސް ޖޮއިންޓް ރީޖަނަލް އިންޓެލިޖެންސް ސެންޓަރު މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސިއްރު އިންޒާރު އާންމުވެފައިވަނީ، މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ވަރުގަދަ ބޮމުގެ ހަމަލާތަކާއެކު ފެށުނު ހަނގުރާމައަށް 12 ދުވަސް ވީތަނާ، މިދިޔަ ބުދަ ދުވަހުއެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ އާއި އިސް އޮފިޝަލުން ވައިގެ ހަމަލާތަކުގައި އަވަހާރަވެފައިވާއިރު، އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރައްދު ހަމަލާތައް ދީފައެވެ.

އެފް.ބީ.އައިގެ ބުލެޓިންގައިވާ ގޮތުން، އީރާނުން ގަސްދުކޮށްފައިވަނީ ކަނޑު ބޯޓަކުން ފޮނުވާލާ ޑްރޯން ބޭނުންކޮށްގެން ކެލިފޯނިއާގެ އަމާޒުތަކަށް ހަމަލާ ދިނުމަށެވެ.

"މިފަދަ ހަމަލާއެއް ދޭނެ ވަގުތެއް، ގޮތެއް، އަމާޒެއް ނުވަތަ އެކަން ކުރާނެ ބަޔަކާ ބެހޭ އިތުރު މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް" އެފްބީއައި އިން ބުނެފަވެއެވެ.

އެފް.ބީ.އައި އިން މި ބުލެޓިންއާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފައެވެ.

މި ޚަބަރުތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ވާހަކަދައްކަވަމުން، އެމެރިކާގެ ފަސްގަނޑަށް އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކުން ހަމަލާދީފާނެ ކަމަށް ބުނާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ހަމައެއާއެކު، ކެލިފޯނިއާގެ ގަވަރުނަރު ގޭވިން ނިއުސަމް ވިދާޅުވީ އެ ސްޓޭޓަށް ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން މަސައްކަތް ކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. މީގެ އިތުރުން، ލުބުނާނުގެ ބައިރޫތު ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާ އާއި އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތާ ދެމެދުވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 2 ގަޑިއިރު ކުރިންއެފްބީއައިގެ އިންޒާރު: ކެލިފޯނިއާ އަށް އީރާނުން ހަމަލާދީފާނެދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ ސިފައިން ބޭނުންކުރާ ބަނދަރުތަކުން އާންމުން ވަގުތުން ދިއުމަށް އެމެރިކާއިން އިންޒާރު ދީފިދުނިޔެ | 11 ގަޑިއިރު ކުރިންއީރާން ހަނދުރާމަ: އެމެރިކާ ސިފައިންނަށް ލިބިފައިވާ ގެއްލުމުގެ އަސްލު ފުންމިން ފަޅާއަރައިފިދުނިޔެ | 19 ގަޑިއިރު ކުރިން