logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މާރިޗު 2026 - 01:49
ޓްރަމްޕް، ފޮޓޯ: ރޮއިޓާސް
ޓްރަމްޕް، ފޮޓޯ: ރޮއިޓާސް

އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ ކާމިޔާބު ހޯދާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ނަމަވެސް، މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށްޓަކައި އެމެރިކާ އަދިވެސް ހަނގުރާމައިގައި ދެމިތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ވަރަށް އަވަހަށް މޮޅުވެއްޖެ ކަމަށް ބުނާކަށް ނޭދެން. ނަމަވެސް، ހަގީގަތަކީ ހަނގުރާމައިގެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ކަންތައް ނިމިއްޖެ. އަހަރެމެން ކާމިޔާބު ހޯދައިފިން،" ކެންޓަކީގެ ހެބްރޮންގައި ބޭއްވި ކެމްޕެއިން ސްޓައިލްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ އެމެރިކާ ސިފައިން، އީރާންގެ ސިފައިންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް ކަނޑުވާލި ކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވާފައެވެ. އެހެންނަމަވެސް، ހަނގުރާމަ ހަލުވިކަމާ އެކު ނިންމާލުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ވަގުތު ނުޖެހެނީސް އެ ސަރަހައްދުން ފޭބުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ.

"ވަގުތުއްސުރެ ފޭބުމަކީ، ބޭނުންވާ ކަމެއް ނޫން. ކަންތައް ފުރިހަމައަށް ނިންމަންޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ.

މި ޖަލްސާގައި އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ އިން ވަނީ "ކަހަލަ ގޮތަކަށް" އީރާން ފުނޑުފުނޑުކޮށްލާފައި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މީގެ އިތުރުން، ކޮންމެ ދެ އަހަރަކުން އެ ސަރަހައްދަށް އެނބުރި ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "ކޮންމެ ދެ އަހަރަކުން ތިތަނަށް ދާކަށް ބޭނުމެއް ނޫން،" ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 2 ގަޑިއިރު ކުރިންއެފްބީއައިގެ އިންޒާރު: ކެލިފޯނިއާ އަށް އީރާނުން ހަމަލާދީފާނެދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ ސިފައިން ބޭނުންކުރާ ބަނދަރުތަކުން އާންމުން ވަގުތުން ދިއުމަށް އެމެރިކާއިން އިންޒާރު ދީފިދުނިޔެ | 11 ގަޑިއިރު ކުރިންއީރާން ހަނދުރާމަ: އެމެރިކާ ސިފައިންނަށް ލިބިފައިވާ ގެއްލުމުގެ އަސްލު ފުންމިން ފަޅާއަރައިފިދުނިޔެ | 19 ގަޑިއިރު ކުރިން