logo
Bank of Maldives

Bank of Maldives

ޚަބަރު

ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލު

މުޙައްމަދު އަފްރާޙް
12 މާރިޗު 2026 - 11:42
ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލު

ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާރިޖީ ވަޒީރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުން ދަތިވެފައިވާ ކަމަށާއި އެހެންކަމުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތަކެއް މިހާރުދަނީ ހޯދަމުން ކަމަށެވެ. އަދި މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓައް ބަރޯސާވެފައިވާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަމާލަތީ ކަންކަން އެ ކޮމިޓީ އިން ބަލަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމާއި އެކަށީގެންވާ ވަގުތުގައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ތެޔޮ ލިބުމުގައި މިހާތަނަށް ދަތިކަމެއް ކުރިމަތިނުވާ ކަމަށާއި، ތެޔޮ ގެންނަ ތާވަލާ އެއްގޮތަށް ތެޔޮ ލިބެމުންދާ ކަމަށެވެ. އެސްޓީއޯގެ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރެވޭއިރު، މިވަގުތު ވެސް 22،000 މެޓްރިކް ޓަނުގެ އިތުރު ދެ ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުޙަލާގައި އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ބޯޓު ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި، އަނެއް ބޯޓު މިއަދު ތެޔޮ ހިފައިގެން ފުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 މީގެ އިތުރުން ތެލިގެ އަގު އިތުރަށް ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ: ޚަލީލްޚަބަރު | 3 ގަޑިއިރު ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 20 ދުވަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 22 ދުވަސް ކުރިންއިމާރާތް ކުރަން ބޭނުންވާ ސާމާނުތައް ހޯދުމަށް ހުރި ދަތިތައް ދަނީ ހައްލު ކުރަމުން: ވަޒީރު ޑރ. ޚަލީލްޚަބަރު | މަހެއް ކުރިން