logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ނޫސްވެރިކަމުގެ ނަމުގައި މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ: ޚަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޭޕްރީލު 2026 - 06:03
ޑރ. ޚަލީލް
ޑރ. ޚަލީލް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދޮގު ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒަށް އަމާޒުކޮށް 'އައިޝާ' ގެ ނަމުގައި 'އަދަދު' ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާ ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށެވެ. އަދި މިފަދަ މަދު ނޫސްވެރިންގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާޤާއި އިތުބާރު ގެއްލި، މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ހުތުރު ނަން އަމާޒުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާގައި މިފަދަ ކަންކަން ދިމާވަނީ ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް ނުވަތަ ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ނެތުމުން ކަމަށް ދެކޭ ކަމަށެވެ. ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިކަން އޮންނައިރު، އެ މަސައްކަތުގައި ތިބެންވާނީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ އަދި ކަނޑައެޅޭ ޝަރުތުތަކެއް ފުރިހަމަވާ ހުނަރުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމަކީ ޤައުމުގެ އިޖްތިމާޢީ ފޭރާމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުން، ޚަލީލް ވަނީ ނޫސްވެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ: ޚަލީލްޚަބަރު | 2 ގަޑިއިރު ކުރިންއިމާރާތް ކުރަން ބޭނުންވާ ސާމާނުތައް ހޯދުމަށް ހުރި ދަތިތައް ދަނީ ހައްލު ކުރަމުން: ވަޒީރު ޑރ. ޚަލީލްޚަބަރު | މަހެއް ކުރިންތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލުޚަބަރު | 2 މަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 2 މަސް ކުރިން