logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އިމާރާތް ކުރަން ބޭނުންވާ ސާމާނުތައް ހޯދުމަށް ހުރި ދަތިތައް ދަނީ ހައްލު ކުރަމުން: ވަޒީރު ޑރ. ޚަލީލް

ޒިދާން މުޙައްމަދު
29 މާރިޗު 2026 - 11:49
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

އިމާރާތް ކުރަން ބޭނުންވާ ސާމާނުތައް ހޯދުމަށް ހުރި ދަތިތައް ހައްލު ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ ހައްލުކޮށް ވިލަސްރެސްކުރުމަށް ރައީސް އެކުލަވާލައްވާފައިވާ ކޮމިޓީގެ މުގައްރިރު އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް ބައެއް މަޝްވަރާތައް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، އިޤްތިޞާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަންދީ، ޚަރަދުތައް ރިވިއުކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ގަލްފު ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ޚަރިޖީ ވަޒީރު ވަނީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ މަޢުލޫމާތު އެއްކޮށް އެމީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލުމުންދާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް އެ ސަރަހައްދުތަކުގެ ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، މެދުއިރުމަތީގެ ހަމަލާތަކާ ގުޅިގެން ހަމާލާތައް އައިސްދާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި އުޅޭ ދިވެހިން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމާރާތް ކުރަން ބޭނުންވާ ސާމާނުތައް ހޯދުމަށް ހުރި ދަތިތައް ދަނީ ހައްލު ކުރަމުން: ވަޒީރު ޑރ. ޚަލީލްޚަބަރު | 3 ގަޑިއިރު ކުރިންތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ފަށައިފިން: ޑރ. ޚަލީލުޚަބަރު | 17 ދުވަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | މަހެއް ކުރިންމޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކުރާ ގަދަފަދަ މަސައްކަތްތައް ހިއްސާކުރަށްވައިފިޚަބަރު | 4 މަސް ކުރިން