logo
Bank of Maldives

Bank of Maldives

ޚަބަރު

އަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ ރާއްޖޭން ކުށްވެރިކޮށްފި

ޒިދާން މުޙައްމަދު
12 މާރިޗު 2026 - 17:23
އަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ ރާއްޖޭން ކުށްވެރިކޮށްފި

ރަމަޟާންމަހު އަޤްޞާ މިސްކިތަށް ދާ މީހުންނަށް މިސްކިތައް ނުވަދެވޭ ގޮތަށް މިސްކިތުގެ ދޮރުތައް ބަންދުކުރަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތައް ވަނުން ހަނިކުރުމަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ ޢުދުވާނީ އަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ މައްޗަށް އޮތް 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ޙާލަތަށް ބޯނުލަނބާ، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އަރައިގަތުންތަކަށް ޔަހޫދީ ދައުލަތް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މަސްޖިދުލްއަޤްޞާއަކީ އަބަދުވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް ފަލަސްޠީނުގެ ރައްޔިތުން އަޅުކަމުގައި ބޭނުންކުރަމުންދާ މިސްކިތެކެވެ. ނަމަވެސް އެތަނަށް ދާ މީހުންނާއި މެދު އަނިޔާވެރިވެ އެތަނަށް ވަނަ ނުދީ އެކި ދުވަސްވަރުމަތިން ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ. އޭގެ ތެރެއިން މި ރަމަޟާން މަހުވެސް އެކަންތައް ވަނީ އިތުރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | ދުވަހެއް ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 3 ދުވަސް ކުރިން