logo
Bank of Maldives

Bank of Maldives

ދުނިޔެ

މުޖުތަބާ ޚާމަނާއީގެ ފުރަތަމަ ޚިޠާބު: "މައިދާނުގައި ސާބިތުވެ ތިބުމަށް" އީރާނުގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވި!

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މާރިޗު 2026 - 19:38
މުޖުތަބާ ޚާމަނާއީގެ ފުރަތަމަ ޚިޠާބު: "މައިދާނުގައި ސާބިތުވެ ތިބުމަށް" އީރާނުގެ ރައްޔިތުންނަށް އިލްތިމާސް

އީރާނުގެ އެންމެ މަތީ ލީޑަރުގެ ހައިސިއްޔަތުން މުޖުތަބާ ޚާމަނާއީ، އެޤައުމުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ފުރަތަމަ ފަހަރަށް ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ. މި ބަޔާނަކީ އަމިއްލަ ހިތާމަޔާއި، އަސްކަރީ ގޮތުން ދެއްވި ވަރުގަދަ އިންޒާރުތަކެއް އެކުލެވިގެންވާ ބަޔާނެކެވެ.

އީރާންގެ ދައުލަތުގެ ޓީވީން ބުރާސްފަތި ދުވަހު ގެނެސްދިން މި ޚިޠާބުގައި މުޖުތަބާ ވަނީ އީރާނުގެ ރައްޔިތުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، "މައިދާނުގައި ސާބިތުވެ" ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ކެތްތެރިކަމާ ނުލައި އިސްލާމީ ޖުމްހޫރިއްޔާގެ މުއައްސަސާތަކަށް ކުރިއަށް ނުދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ އަސްކަރިއްޔާ ތިބޭ މެދުއިރުމަތީގެ ޤައުމުތަކަށް އަމާޒުކުރައްވައި މުޖުތަބާ ވަނީ ހަރުކަށި އިންޒާރުތަކެއް ދެއްވާފައެވެ. އެގޮތުން ސަރަޙައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދުކުރުމަށް ގޮވާލެއްވިއެވެ. އަދި އަވަށްޓެރި ޤައުމުތަކާއެކު ބިނާކުރަނިވި ގުޅުމެއް ބާއްވަން ބޭނުންވި ނަމަވެސް، އީރާނަށް ހަމަލާދޭން ބޭނުންކުރާ ކޮންމެ މަރުކަޒަކީ ހަމަލާދެވޭނެ އަމާޒެއް ކަމުގައި ސާފުކޮށްދެއްވިއެވެ.

މީގެ އިތުރުން، އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެމެރިކާއިން ދެކޮޅު ހަދާނަމަ، "ހަނގުރާމައިގެ ބަދަލު" ސީދާ ގޮތެއްގައި ހޯދާނެ ކަމުގެ އިންޒާރު ޚާމަނޭއީ ދެއްވިއެވެ. އެގޮތުން އީރާނަށް ލިބުނު ގެއްލުމާ އެއްވަރުގެ އަގުހުރި އެމެރިކާގެ މުދަލާއި ވަސީލަތްތައް ހިފަހައްޓާނެ ނުވަތަ ނައްތާލާނެ ކަމަށް ވިދާޅުވިއެވެ.

މި ބަޔާނުގައި މުޖުތަބާ ވަނީ "ޝަހީދުންގެ ލެޔަށް" ބަދަލުހިފާނެ ކަމަށް ސީދާކޮށް ވިދާޅުވެފައެވެ. އެގޮތުން ފެބްރުއަރީ 28 ގެ ވައިގެ ހަމަލާގައި އޭނާގެ ބައްޕާފުޅު (ޢަލީ ޚާމަނޭއީ) އާއި، އަނބިކަނބަލުންނާއި، އުޚުތަކާއި، އޭނާގެ އަންހެން ކޮއްކޮގެ ދަރިއަކާއި، އަދި ޅިޔަނަކު ޝަހީދުވެފައިވާކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދެއްވިއެވެ.

އަދި މިނާބްގައި ހުރި އަންހެން ކުދިންގެ ސްކޫލަކަށް ދިން މިސައިލް ހަމަލާގައި 160 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާ ހަނދާން އާކުރައްވަމުން، ކޮންމެ އާންމު ރައްޔިތެއްގެ މަރަކީ ބަދަލުހިފުމަށް ހުޅުވިފައިވާ "ވަކި ފައިލެއް" ކަމަށް ވިދާޅުވެ، ބަދަލުހިފުމުގެ ރޫޙު އާކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޖުތަބާ ޚާމަނާއީގެ ފުރަތަމަ ޚިޠާބު: "މައިދާނުގައި ސާބިތުވެ ތިބުމަށް" އީރާނުގެ ރައްޔިތުންނަށް އިލްތިމާސްދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އަހަރެމެން މޮޅުވެއްޖެ": ޓްރަމްޕްދުނިޔެ | 19 ގަޑިއިރު ކުރިންއެފްބީއައިގެ އިންޒާރު: ކެލިފޯނިއާ އަށް އީރާނުން ހަމަލާދީފާނެދުނިޔެ | 20 ގަޑިއިރު ކުރިންއީރާނުގެ ސިފައިން ބޭނުންކުރާ ބަނދަރުތަކުން އާންމުން ވަގުތުން ދިއުމަށް އެމެރިކާއިން އިންޒާރު ދީފިދުނިޔެ | ދުވަހެއް ކުރިން