logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 މާރިޗު 2026 - 03:19
އިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފި

އިންޑިއާގެ ބިހާރު ސްޓޭޓްގެ މަދޫބަނީ ޑިސްޓްރިކްޓްގައި މުސްލިމް އަންހެނަކަށް ނުހަނު ރަހުމްކުޑަ އަނިޔާތަކެއްކޮށް، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ރޯޝަން ޚާތޫން ނަމަކަށް ކިޔާ އަންހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 25 ވީ ބުދަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަންޒަރު ދުށް ފަރާތްތަކުންނާއި އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، ރޯޝަން ޚާތޫން އެ އަވަށުގެ އަވަށުވެރިޔާ (މުކިއާ) ގެ ގެއަށް ދިޔައީ ގިނަ ދުވަސްތަކެއް ވެފައިވާ ބިމުގެ މައްސަލައަކާ ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމަށެވެ. ނަމަވެސް، މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަވަށުވެރިޔާގެ ފިރިމީހާ އާއި ދަރިފުޅު ވަނީ އޭނާއަށް ހަމަލާދީފައެވެ. އެމީހުން ރޯޝަން ޚާތޫން ބިމަށް ވައްޓާލައި، ތަކުރާރުކޮށް ކޮޅުފައިން ޖަހައި އަނިޔާކުރުމަށްފަހު، އަވަށުވެރިޔާގެ އަމުރަށް އޭނާ ތަނބެއްގައި ބަނދެފައި ބެހެއްޓިއެވެ.

މި ހާދިސާ ހިނގިއިރު ރޯޝަން ޚާތޫން ހުރީ ރަމަޟާން މަހުގެ ރޯދައަށެވެ. އަނިޔާކުރަމުން ދިޔަ ވަގުތު ކަރުހިއްކައިގަނެގެން އޭނާ ފެނަށް އެދި އާދޭސްކުރުމުން، އެމީހުން ވަނީ އޭނާގެ ދީނީ އަދި އިންސާނީ ކަރާމާތް ގެއްލުވާލުމުގެ ގަސްތުގައި މަޖުބޫރުން ރާ އެއްކޮށްފައި ހުރި ކުޑަކަމުދާ ތަކެތި ބޯންދީފައެވެ. ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ރޯޝަން ޚާތޫން ވަނީ ނިޔާވެފައެވެ.

މި ލާއިންސާނީ އަމަލާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު، އެ ސަރަހައްދުގައި ވަނީ ދީނީ ނުތަނަވަސްކަން އުފެދިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ރޯދައަށް ހުރި މީހަކަށް މިފަދަ އިހާނެތި ގޮތަކަށް އަނިޔާކުރުމަކީ ދީނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދިނުމަށް ގަސްތުގައި ހިންގާފައިވާ އަމަލެކެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ވަނީ ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް އެފް.އައި.އާރް ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް، އަވަށުވެރިޔާގެ ސިޔާސީ ނުފޫޒުގެ ސަބަބުން އިންސާފު ލިބުން ލަސްވެދާނެތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ކުށްވެރިން ވަގުތުން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

މި ހާދިސާއަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނާއި މަދު ފާޅުވާ ދީންތަކުގެ މީހުންނަށް އޮތް ނުރައްކާ އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިޚަބަރު | ގަޑިއިރެއް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 7 ދުވަސް ކުރިން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިދުނިޔެ | 24 ދުވަސް ކުރިންއިންޑިއާގައި 175 ބިލިއަން ޑޮލަރުގެ އޭއައި "ޑޭޓާ ސިޓީ" އެއް ތަރައްގީކުރަނީދުނިޔެ | މަހެއް ކުރިން