logo
Bank of Maldives

Bank of Maldives

ޚަބަރު

އާޝާ ބޯސްލޭ މަރުވެއްޖެ

މުޙައްމަދު އަފްރާޙް
12 އޭޕްރީލު 2026 - 12:58
އާޝާ ބޯސްލޭ މަރުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެއެވެ.

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވީ އުމުރުން 92 އަހަރުގައި އޭޕްރިލް 12 ވީ އާދީއެްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެކަން ކަށަވަރުކޮށްދެމުން އާޝާގެ ދަރިފުޅު އާނަންދް ބޯސްލޭ ސޯޝަލް މީޑިއާގައި ބުނެފައިވަނީ މަންމަ މިއަދު މިދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ހެނދުނު 11 ޖަހާއިރު ލޯވާ ޕަރެލްގައި ހުންނަ، އޭނާ ދިރިއުޅުނު ކާސާ ގްރާންޑުގައި އެންމެ ފަހުގެ އިޙްތިރާމް އަދާކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ބުނީ ވަޅުލުމުގެ ރަސްމިއްޔާތު އޮންނާނީ އޭޕްރިލް 13 ވާ ހޯމަ ދުވަހު ހަވީރު ޝިވާޖީ ޕާކުގައި ބާއްވާނެ ކަމަށެވެ.

ވަރުބަލިވެ މޭގެ އިންފެކްޝަނެއް އުފެދިގެން މުމްބައިގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އާޝާ ބޯސްލޭ އެޑްމިޓްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ލަވަ ކިޔުމުގެ ދާއިރާ އިން ގިނަބައެއްގެ މަގުބޫލުކަން އާޝާ ކިޔާފައިވާ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ޕިޔާ ތޫ އަބް ތޯ އާޖާ"، "ޖާއިޔޭ އާޕް ކަހާން ޖާއެންގޭ"، "ރަންގީލާ ރޭ" ފަދަ ލަވަތައް ހިމެނެއެވެ. އަދި ދެ ފަހަރެއްގެ މަތިން ނެޝަނަލް ފިލްމް އެވޯޑް ވެސް ހާސިލްކޮށްފައިވާއިރު، 2000 ވަނަ އަހަރު ދާދާ ސާހެބް ފާލްކޭ އެވޯޑާއި 2008 ގައި އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި ރައްޔިތުންގެ އެވޯޑް ކަމަށްވާ ޕަދްމަ ވިބްޝަމް ވެސް ލިބިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | މަހެއް ކުރިންއިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާއިން ޓެލެގްރާމް ބްލޮކްކޮށްފިދުނިޔެ | މަހެއް ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | މަހެއް ކުރިންމަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފިދުނިޔެ | 2 މަސް ކުރިން