logo
MPL

MPL

ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މުޙައްމަދު އަފްރާޙް
14 މާރިޗު 2026 - 07:11
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މިމަހުގެ 15 އާއި 16 އާއި 18 ވަނަ ދުވަހުވެސް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހާއި 16 އަދި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން 16 އާއި 18 ވަނަ ދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫގެ އިތުރުން ގޮދަން ފުށް އަދި އާޓާ ފުށެވެ. ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސައެވެ. އެގޮތުން މިފަހަރުވެސް ފުރަތަމަ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައި، އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފާރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރެވެ.

1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާޚަބަރު | 3 މަސް ކުރިންފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތަށް 45.3 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 4 މަސް ކުރިންއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30%އަށްވުރެ އިތުރު ޚަބަރު | 4 މަސް ކުރިން