logo
Bank of Maldives

Bank of Maldives

ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މާރިޗު 2026 - 02:22
ޓަރަމްޕް
ޓަރަމްޕް

އީރާނާއެކު މިހާރު ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާ އަދި ތައްޔާރު ނޫން ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެންބީސީ ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އެއްބަސްވުމުގެ ޝަރުތުތައް އަދި އެކަށީގެންވާ މިންވަރަށް ރަނގަޅު ނޫން ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން އޭނާ ތަކުރާރުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕްގެ އިންޓަވިއުގައި އީރާނުގެ އާ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ ދުނިޔޭގައި ހުރިތޯ ސުވާލު އުފައްދަވާފައިވެއެވެ. އަދި އީރާނުގެ ޚާރްޖް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާތަކުގައި އެ ރަށުގެ ބޮޑު ބައެއް "ސުންނާފަތިކޮށްލާފައިވާ" ކަމަށް ވިދާޅުވެ، އެ ސަރަހައްދަށް އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން މައިން ވަޅުލާފައިވާކަން އަދި ސާފުނުވި ނަމަވެސް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރުގަދައަށް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ ހަމަލާދެވިދާނެ އަމާޒުތަކެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތްދުނިޔެ | ގަޑިއިރެއް ކުރިންތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އުފުލިއްޖެނަމަ ދުނިޔޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެކަމުގެ އިންޒާރުޚަބަރު | 7 ގަޑިއިރު ކުރިންއެމެރިކާގެ 13 ސިފައިން މަރުވެ 200 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެއްޖެދުނިޔެ | 16 ގަޑިއިރު ކުރިންއީރާނުގެ އިސްވެރިންތަކެއްގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފިދުނިޔެ | ދުވަހެއް ކުރިން