logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ އިސްވެރިންގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 މާރިޗު 2026 - 02:08
އީރާނުގެ އިސް ލީޑަރު މުޖުތަބާ ހާމަނާއީ، ފޮޓޯ: ރޮއިޓާސް
އީރާނުގެ އިސް ލީޑަރު މުޖުތަބާ ހާމަނާއީ، ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ޚާރިޖީ ވުޒާރާގެ "ރިވޯޑްސް ފޯ ޖަސްޓިސް" (އާރް.އެފް.ޖޭ) ޕްރޮގްރާމުން އީރާނުގެ އިސްވެރިންނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ހުށަހަޅައިފިއެވެ.

ހުކުރު ދުވަހުގެ ރޭގައި އިޢުލާންކުރި މި ނިންމުމަކީ ސިޔާސީ އަދި ނަފްސާނީ ހަނގުރާމައިގެ ތެރެއިން އެމެރިކާއިން އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ މައި މަރުކަޒާއި އެ ގައުމުގެ އާ ލީޑަރޝިޕެވެ.

މިގޮތުން 13 މާރިޗު 2026 ގައި ނެރުނު "މޯސްޓް ވޯންޓެޑް" ލިސްޓުގައި މުޖުތަބާ ޚާމަނާއީގެ އިތުރުން، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލާރީޖާނީ އާއި، ދާޚިލީ ވަޒީރު އިސްކަންދަރު މޫމިނީ އަދި އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚާތިބު ހިމެނެއެވެ.

މީގެ އިތުރުން އަވަހާރަވެފައިވާ ޢަލީ ޚާމަނާއީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޢަލީ އަސްގަރު ހެޖާޒީ އާއި ސުޕްރީމް ލީޑަރުގެ އަސްކަރީ މުޝީރު ޔަޙްޔާ ރަޙީމް ސަފަވީ ވެސް މި ލިސްޓުގައި ހިމަނާފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ ނަގުދު ފައިސާގެ އިތުރުން، އެމެރިކާއަށް ނުވަތަ ތިންވަނަ ގައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ (ރިލޮކޭޝަން) ފުރުސަތު ވެސް ދޭނެއެވެ.

މި އިޢުލާނުގައި ވަކިވަކި ހަތަރު މަގާމެއްގެ މީހުން ދެނެގަތުމަށްޓަކައި "ސިލޫއެޓް" ނުވަތަ ހިޔަނި ތަސްވީރުތަކެއް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި އައި.އާރް.ޖީ.ސީގެ ކޮމާންޑަރ-އިން-ޗީފް އާއި ސުޕްރީމް ލީޑަރުގެ އަސްކަރީ އޮފީހުގެ އިސްވެރިޔާ ހިމެނެއެވެ.

މި އިނާމު އިޢުލާންކޮށްފައިވަނީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވި ހަރުކަށި ބަޔާނަކަށް ފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ އިސްވެރިންތަކެއްގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފިދުނިޔެ | 2 ގަޑިއިރު ކުރިންމެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުނުކުރާ ނަމަ ހަމަލާތައް ނުހުއްޓޭނެ: އީރާނުގެ ރޫހީ ލީޑަރުދުނިޔެ | ދުވަހެއް ކުރިންއަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ދޭ ހަމަލާއެއް ބަލައެއް ނުގަނެވޭނެ: އީރާންދުނިޔެ | ދުވަހެއް ކުރިންމުޖުތަބާ ޚާމަނާއީގެ ފުރަތަމަ ޚިޠާބު: "މައިދާނުގައި ސާބިތުވެ ތިބުމަށް" އީރާނުގެ ރައްޔިތުންނަށް އިލްތިމާސްދުނިޔެ | ދުވަހެއް ކުރިން