logo
Bank of Maldives

Bank of Maldives

ދުނިޔެ

ގަތަރުގެ ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރަން ފަށައިފި

މުޙައްމަދު އަފްރާޙް
15 މާރިޗު 2026 - 07:13
ގަތަރުގެ ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރަން ފަށައިފި

ގަތަރުގެ ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރަން ފަށައިފިއެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި މިއީ އެގައުމުގައި ދިރިއުޅޭ އާންމުންގެ ސަލާމަތަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެކެވެ. އަދި މިހާރު ވަނީ ބައެއް ސަރަހައްދުތަކުން އާންމުން ހުސްކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ފަށާފައި ކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަތަރުގެ އިންޓީރިއާ މިނިސްޓްރީ އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ވަގުތީގޮތުން އަޅާ ފިޔަވަޅެއް ކަމަށާއި އެފިޔަވަޅުގެ ދަށުން އެ މިނިސްޓްރީން ދޭ އިރުޝާދުތަކާ އެއްގޮތަށް މެސެޖު ލިބޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. އަދި ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މެސެޖު ލިބޭ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އިޒްރޭލާއި އެެމެރިކާ އިސްވެ އިރާނަށް މިދިޔަމަހު ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުންދާއިރު ގަތަރަކީވެސް އެ ހަމަލާތައް އަމާޒުވަމުންދާ ގައުމެކެވެ.

ހަނގުރާމަ ފެށުނީއްސުރެން ގަތަރުގައި ހުންނަ އެމެރިކާގެ ބޭހަށް އަމާޒުކޮށް އިރާނުން ކޮންމެ ދުވަހަކު ހަމަލާދެމުން ދާއިރު އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް ގަތަރުގެ މިލިޓަރީން ވަނީ ވައިގެތެރޭގައި ގޮއްވާލާފައެވެ. ނަމަވެސް ބައެއް ހަމަލާތައް ގަތަރުގައި އާންމުން އުޅޭ ސަރަހައްދުތަކަށް ވަނީ އަރައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 23 ދުވަސް ކުރިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުން ނިންމައިފިޚަބަރު | 24 ދުވަސް ކުރިންއީރާނާ ގުޅުން ބާއްވަން ބޭނުން، ބަޔަކު ހިތައް އަރާހާ ގޮތަކަށް އެއްވެސް ޤައުމެއް ނައްތައެއް ނުލެވޭނެ: ގަތަރުދުނިޔެ | މަހެއް ކުރިންހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން