logo
MPL

MPL

ޚަބަރު

ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ އައު މިސްކިތެއް ބިނާކުރުމުގެ ބިންގާ އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މާރިޗު 2026 - 17:35
ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ މިސްކިތެއް އަޅަން ބިންގާ އެޅުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ މިސްކިތެއް އަޅަން ބިންގާ އެޅުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭގައި ހުންނަ 'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ މިރޭ އަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ އަމިއްލަ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ތިން ފަންގިފިލާއަށް ބިނާކުރާ މި މިސްކިތަކީ ޖާގަ ތަނަވަސް، ޒަމާނީ ފަރުމާއަކަށް ތައްޔާރުކުރެވޭ ބިނާއެކެވެ. މި މިސްކިތުގެ ޚާއްސަ ސިފަތަކުގެ ތެރޭގައި، މިސްކިތަށް އަރާފޭބުމުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ލިފްޓު ހަރުކުރުން ހިމެނެއެވެ. މިއީ މާލެ ސަރަޙައްދުގައި ބިނާކުރެވޭ އެންމެ ފުރިހަމަ އެއް މިސްކިތަށް ވެގެންދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކުގައެވެ.

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، ޒަމާނީ ފެންވަރުގެ އައު މިސްކިތްތަކެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 21 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 22 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 24 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | 25 ދުވަސް ކުރިން